ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ޓެލެންޓް ޝޯ ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާއެލު ވިލާ އިންޓަނޭޝަނަލް ހައިސްކޫލްގެ ޓެލެންޓް ޝޯ ފަށައިފި އެވެ.
މިއަދު ހަވީރު ވިލާ ކޮލެޖްގެ ހޯލްގައި ފެށި ވިލާ އިންޓަނޭޝަނަލް ހައިސްކޫލް ޓެލެންޓް ޝޯ 2013 ފައްޓަވައިދެއްވީ އެ ސްކޫލްގެ ޕްރިންސިޕަލް ސައީދު އަހުމަދެވެ.
މިއަދު ހަވީރު 4:00 މިރޭ 10:00 އަށް ކުރިއަށް ގެންދާ ޝޯއަކީ ދަރިވަރުންގެ ފަންނުވެރިކަން ފާހަގަކޮށް، ދިރުވައި އާލާކޮށް، އެކުދިންގެ ފަންނުވެރިކަން އަމިއްލަ އުފެއްދުންތެރިކަމާއެކު ހުށަހެޅުމުގެ ފުރުސަތު ތަނަވަސްކޮށްދިނުން ކަމަށެވެ. ޓެލެންޓް ޝޯގައި ޑްރާމާ ސޯލޯ ލަވަ އާއި ގްރޫޕް ލަވަ އާއި އަމިއްލަ ލަވަ އާއި އަމިއްލަ މިއުޒިކާއި ރައިވަރާއި ބަންޖާއި ކާ ފަދަ އުފެއްދުންތައް ހިމެނޭއިރު އާޓް އެގްޒިބިޝަނެއް ވެސް ޝޯގައި ހިމެނެ އެވެ.
ވިލާ އިންޓަނޭޝަނަލް ހައިސްކޫލްގެ ހަތަރު ހައުސްގެ މެދުގައި ކުރިއަށް ގެންދާ މި ޝޯގެ ފަނޑިޔާރުންނަކީ ޝޯގައި ހިމެނޭ ބައިތަކާ ގުޅޭ ރާއްޖެއާ ރާއްޖޭން ބޭރުގެ ތަޖުރިބާކާރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ