އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ނަގަމުންދިޔަ މީހެއްގެ މައްސަލަ ޕީޖީއަށ

ކުންފުންޏެއްގެ ނަމުގައި އެކި މީސްމީހުންގެ އަތުން ފައިސާ ނަގައި އެފައިސާ ބޭނުންކޮށްފައިވާ މައްސަލައެއްގެ ތަހުގީގު ނިންމައި ޝަރީއަތައް ފޮނުވުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުންބުނީ 2011 ސެޕްޓެމްބަރު 27 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މިމައްސަލައިގެ ތަހުގީގު ނިންމުމަށްފަހު ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މިމަހުގެ ހަ ވަނަ ދުވަހު ފޮނުވާފައިވަނީ މާލޭ ދަފްތަރު ނަމްބަރު 676 އިބްރާހީމް ޝަރާހް (31އ) ގެ މައްޗަށެވެ.
ގްލޯބަލް ޕޮޖެކްޓްސް ޑިވެލޮޕްމަންޓް ކޮމްޕެނީގައި ޝަރާހް މަސައްކަތް ކުރިއިރު، އެކުންފުނިން އުފައްދާފައިވާ ގްލޯބަލް މެމްބަރޝިޕް ކުލަބް މެމްބަރުން ރަޖިސްޓްރީ ކުރުމަށް ބޭނުންކުރާ ގަލޯބަލް ކުލަބަށް މެމްބަރޝިޕް ރެޖިސްޓްރޭޝަން ފޯމާއި ޕޭމަންޓް ރިސިޕްޓް ފޯޖްކޮށްގެން ގްލޯބަލް މެމްބަރޝިޕް ކުލަބަށް މެމްބަރުން ވެއްދުމުގެ ނަމުގައި އެކިމީސްމީހުންއަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށް ފުލުހުން ބުނެއެވެ.
މިމައްސަލަ ފުލުހުންގެ ފްރޯޑް އެންޑް ފައިނޭންޝިއަލް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާކަމަށް ފުލުހުންގެ މީޑިއާއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ