މެމްބަރު ރިޒާ ޖޭއެސްސީ އަށް އައްޔަން ކުރައްވައިފި

ގާނޫނު އަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތީން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ މެމްބަރެއްގެ ގޮތުގައި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ މިއަދު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައިފި އެވެ.
ރިޒާ އަކީ، ރައްޔިތުންގެ މަޖިލީހުން އެކޮމިޝަނަށް ހޮއްވެވި މެންބަރެވެ.
އިބްރާހީމް ރިޒާ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ހަމަޖެއްސެވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ޙަވާލު ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
އެ ރަސްމިއްޔާތުގައި ލިޔުން ޙަވާލު ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފުގެ ކުރިފުޅުމަތީގައި ޖުޑީޝަލް ސަވިސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވައި އިބްރާހީމް ރިޟާ ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ