ކޮމަންޑޫ ދާއިރާގެ ގޮނޑި އަކީ އެމްޑީޕީގެ ގޮނޑިއެއްކަމަށް ޕީޕީއެމްގެ ބައެއް މެމްބަރުންވެސް ގަބޫލްކުރާ ކަަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ހަސަން މިފަދައިން ވިދާޅުވީ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
ހަސަން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަކީ އެމްޑީޕީން އުންމީދުކުރި އަދި ދެކެން ބޭނުންވި ބައި އިލެކްޝަނެއް ނޫން ކަމަށާއި އެގޮތުން މި ގޮނޑި އެމްޑީޕީ އަށް ލިބެންވާނެކަމަށް ގަބޫލުކުރާ ޕީޕީއެމްގެ މީހުން ވެސް އެބަތިބި ކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ހާއްސަކޮށް ރައީސް ޔާމީން ގެންގުޅުއްވާ ވިސްނުންފުޅު އޮޅިވަޑައި ނުގަންނަވާ ކަމަށެވެ. އަދި ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށްވެސް ރައީސް ޔާމީންގެ ވިސްނުންފުޅު އެނގޭކަމަށް ހަސަން ވިދާޅުވިއެވެ.
އެގޮތުން ރައީސް ޔާމީންގެ ވިސްނުންފުޅަކީ ރަށްރަށުގެ ރައްޔިތުން މާލެއަށް ގެނެސް، އަތޮޅުތެރޭގެ ރަށްތައް ހުސްކުރުންކަމަށް ހަސަންގެ ވާހަކަފުޅުގައި ތުހުމަތުކުރެއްވިއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ އިތުރުން ޕީޕީއެމް އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ކެންޑިޑޭޓުން ވާދަކުރެއެވެ. އެ ތިން ޕާޓީން ވެސް އަންނަނީ ކޮމަންޑޫ ދާއިރާގައި ފޯރިއާއެކު ކެމްޕޭނުގެ ހަރަކާތްތައް ބާއްވަމުންނެވެ. ފެބްރުއަރީ 5 ގައި ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ އިތުރުން ދެން ވާދަކުރަނީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސްއެވެ.
ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓަށް، ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީންވެސް ވަނީ ތާއީދުކުރަން ނިންމާފައެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި އަކީ އެމްޑީޕީގެ ގޮނޑިއެށް ކަމަށް ޕީޕީއެމްގެ ބައެއް މީހުން ގަބޫލްކުރޭ: ހަސަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ