ސިވިލް ކޯޓުގެ ގާޒީ ކަމުން ޒުބައިރު އިސްތިއުފާ ދެއްވައިފި
ސިވިލް ކޯޓުގެ ގާޒީ ޒުބެއިރު މުޙައްމަދު އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ބުނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ޒުބައިރު ވަނީ ސިވިލް ކޯޓުގެ ގާޒީގެ މަގާމުން އިސްތިއުފާ ދެއްވާފައި ކަމަށެވެ. ޒުބައިރު ވަނީ 14 އަހަރަށް ވުރެ ދިގު މުއްދަތަކަށް ފަނޑިޔާރުކަން ކުރައްވާފައެެވެ. އެގޮތުން މެޖިސްޓްރޭޓެއްގެ ހައިސިއްޔަތުން ފ. ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓުގަ އާއި ދާއިރާ އިސްމެޖިސްޓްރޭޓްގެ ހައިސިއްޔަތުން ހދ. އަދި ދ. ޖުޑީޝަލް ދާއިރާގައި ޒުބައިރު ވަނީ މަސައްކަތް ކުރައްވާފައެވެ. މީގެ އިތުރުން ކްރިމިނަލް ކޯޓުގައާއި ޑްރަގް ކޯޓުގައިވެސް ޒުބައިރު ވަނީ މަސައްކަތް ކުރައްވާފައެވެ. ސިވިލް ކޯޓުގެ ގާޒީ ކަމަށް ޒުބެއިރު އައްޔަންކުރީ 2015 ވަނަ އަހަރު ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ