މިދުވަސްވަރަކީ ރާއްޖެއަށް ހޫނުގަދަ ދުވަސްވަރެއްކަމުން، މި ދުވަސްވަރު ކަރަންޓު އިޤްތިޞާދުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ.
ވޭތުވެދިޔަ 29 އަހަރު ދުވަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މި ހިނގާ އޭޕްރީލްމަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަ މަސްކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ވަނީ ހާމަކުރައްވާފައެވެ. ކޮންމެ އަހަރެއްގެވެސް އޭޕްރީލްމަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަވާ ދުވަސްވަރު ކަމަށާއި، މިއަހަރުވެސް އެންމެ ހޫނުގަދަވާނެކަމަށް ލަފާކުރެވެނީ މިމަހުކަމަށް މެޓް އޮފީހުން ވިދާޅުވެފައިވެއެވެ.
އަހަރުގެ އެންމެ ހޫނު ގަދަ ދުވަސްވަރު ރަމަޟާންމަހާ ދިމާވާތީ، ކަރަންޓު އިޤްތިޞާދު ކުރުމަށް ހާއްސަ ސަމާލުކަމެއްދިނުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ. ވަކިން ޚާއްސަކޮށް އެންމެ ގިނައިން ކަރަންޓު ބޭނުން ކުރާ ކަމަށް ބެލެވޭ އޭސީފަދަ ވަސީލަތްތައް ބޭނުން ކުރުމުގައި އިތުރަށް ސަމާލުވުމަށް އެކުންފުނިން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
މިމަހު ރާއްޖޭގެ ހޫނުމިން އާންމު ގޮތެއްގައި އުޅޭނީ 29.6 ނުވަތަ 29.7 ޑިގްރީ ސެލްސިއަސްގައިކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި އެންމެ ބޮޑަށް ހޫނުވުމުގެ އަސަރު ކުރާނީ މެދު ރާއްޖެތެރެއާއި އުތުރަށްކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
މިދުވަސްވަރު ވައި މަޑުވުމާއި އޭގެ ސަބަބުން ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނުމިނަށްވުރެ، އިހުސާސްކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވާނެކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.
މިދުވަސްވަރު ކަރަންޓު އިޤްތިޞާދުކުރުމަށް އިސްކަންދޭންޖެހޭ: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ