“މަރަށްމަރު ހިފުމުގެ ޙުކުމް ތަންފީޒުކުރުމަށް ތަކުރާރުކޮށް ގޮވާލަން” : ޝެއިޚް އަބްދުﷲ

ޝެއިޚް އަބްދުﷲ ދިއިސްލާމް ފޮޓޯ: އަޝްވާގު“މަރަށްމަރު ހިފުމުގެޙުކުމް ތަންފީޒުކުރުމަށް ތަކުރާރުކޮށް ގޮވާލާ”ކަމަށް ޖަމިއްޔަތުއްސަލަފުގެ ރައީސް ޝެއިޚް އަބްދުﷲ ވިދާޅުވެއްޖެއެވެ.ޖަމިއްޔަތުއް ސަލަފުގެ ރައީސް ޝެއިޚް އަބްދުﷲ އެޖަމިއްޔާގެ ވެބްސައިޓަށް މިއަދު ދެއްވާފައިވާ ޚާއްސަ އިންޓަވިއުގައި ވިދާޅުވެފައިވަނީ “ދިވެހިރާއްޖޭގައި ޙައްޤަކާއިނުލާ މީހުންމެރުން ޢާއްމުވަމުންދާތީ މިފަދަ ނާމާންކަމުން ދިވެހި މުޖްތަމަޢު ސަލާމާތް ވާންއޮތީ ހަމަ އެންމެ މަގެއްކަމަށާއި، އެއީ އިންސާނުންގެތެރޭގައި އަމަންއަމާންކަމާއި ދިރުން ބޭއްވުމަށް ﷲ ސުބުޙާނަހޫ ޥަތަޢާލާ ބާވައިލައްވާފައިވާ އޯގާވަންތަ ފުރިހަމަ ޝަރީޢަތުގެ ޙުކުމްތައް ތަންފީޛު ކުރުމުގެ މަގު”ކަމަށެވެ.“ދިވެހިރާއްޖޭގައި 10 އަކަށްވުރެ ގިނަ ޒުވާނުން މާރާމާރީތަކުގެ ސަބަބުން މިފާއިތުވީ މަދު އަހަރުތަކުގައިވެސް އެކުދީންގެ ޢާއިލާތަކުން ބީވެފައިވާއިރު މިއީ ހަމައެކަނި ކަންބޮޑުވުން ފާޅުކޮށްގެން ފަރުޖެހޭން އޮތްކަމެއް ނޫން، މިއީ އިންސާނީ މުޖްތަމަޢެއް އާބާދުވުމާއި، ބަރުބާދީއާއި ގުޅިފައިވާ އަސާސީ ޙައްޤެއްގެ މައްސަލައެއް، އިންސާނުން އުފައްދާފައިވާ ތަފާތު އެކި ނިޒާމްތަކުން ކޮޕީ ކޮށްގެން ދިވެހިރާއްޖެއަށްވެސް ޤާނޫނުތައްގެނެސް ތަންފީޛު ކުރެވެމުން ދިޔަދިޔަހެން ނާމާންކަމާއި ހަށްޓަށް ނުރައްކާ އަންނަނީ އިތުރުވަމުން ބިރުވެރި ވަމުން، މިކަން އަޅުގަނޑުމެންގެ ލޯމަތީން ފެންނަޙާލު މިކަން ޙައްލުކުރުމަށްޓަކައި އަޅުގަނޑުމެން ހެއްދެވި މާތް ﷲ ބާވައިލައްވާފައިވާ ޤާނޫނު ބަލައިނުގަނެވިގެން މިއުޅޭ ސަބަބެއް ވަރަށް ސާފުކޮށް ދިވެހި ރައްޔިތުންނަށް ވެރީންގެ ފަރާތުންނާއި ޤާނޫނު ހަދާ ފަރާތްތަކުން ކިޔައިދޭން އެބަޖެހޭ، އަދި ރައްޔިތުންވެސް މިކަމުގައި އިތުރަށް ދޫނުދީ ސަރުކާރަށާއި ރައްޔިތުން މަޖުލީހަށް ޝަރީޢާގެ ޙައްދުތައް ރާއްޖޭގައި އަވަހަށް ތަންފީޛު ކުރުމަށް މަޖްބޫރުކުރުވަން ވެއްޖެ”ޝައިޚް ޢަބްދުﷲ ވިދާޅުވިއެވެ.ޝެއިޚް އަބްދުﷲ އިތުރަށް ވިދާޅުވީ “ޙައިރާންވާންޖެހޭ ބޮޑުސުވާލަކީ ޑިމޮކްރަސީއެއްގައި ރައްޔިތުން ބޭނުންވެގެން އެދޭގޮތް ތަންފީޒު ކުރެވޭނެކަމުގައި ގޮވަމުންދާ ދޫތަކުން ރައްޔިތުންގެ މިއިޙްސާސްތަކަށް ޖަވާބުނުދީ މުޅިންވެސް އޮޅުވާލައިގެން ތަފާތުވާހަކަތަކެއް ދައްކަމުންދާކަމަށާއި އަދި ވޯޓަށް ބޭނުންވާއިރަށް ޑިމޮކްރަސީގެ ރީތި ހަމަތަކޭކިޔާ ޚިޔާލީ ތަޞައްވުރެއް ރައްޔިތުންނަށް ދައްކުވައިދީ ވޯޓު އަތުލައިގަންނަމުންދާތީ”ކަމަށެވެ.މީގެ ކުރިންވެސް ޖަމްޢިއްޔަތުއްސަލަފުން ވަނީ އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ތަންފީޒުކުރުމަށް ތަކުރާރުކޮށް ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ