ޝަރުޢީ ދާއިރާގެ މަސައްކަތު ގަޑިތަކަށް ބަދަލުގެނެސްފި
ޝަރުޢީ ދާއިރާގެ ރަސްމީ މަސައްކަތު ގަނޑި 6 ގަޑިއިރަށް ބަދަލުކޮށްފިއެވެ.ގަޑިތަކަށް ގެނައި ބަދަލުތަކާ ބެހޭ ގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން ޝަރުޢީ ދާއިރާގެ ރަސްމީ މަސައްކަތު ގަޑިއަށް ބަދަލުގެނެސް ހެނދުނު 8:00 އިން މެންދުރުފަހު 14:00އަށް ބަދަލުކޮށްފައިވާކަމަށެވެ.މި ބަދަލާއެކު ކުރިން ދެމުން އައި އެއް ގަޑިއިރުގެ ހުސްވަގުތައް ބަދަގެނެސް އެ ވަގުތު ތިރީސް މިނެޓަށް ބަދަލުކޮށްފައިވާކަމަށްވެސް އެ ބަޔާނުގައި ހާމަކޮށްފައިވެއެވެ. އަދި ކޯޓާއި އިދާރީ މަސައްކަތް މެދުނުކެނޑޭ ގޮތުގެ މަތިން އެ ހުސްވަގުތު ހަމަޖެއްސުމަށް އެދޭކަމަށްވެސް އެ ބަޔާނުގައި ޑީޖޭއޭއިން ވަނީ ބުނެފައެވެ.ޝަރުޢީ ދާއިރާގެ ރަސްމީ ގަޑިތަކަށް ބަދަލުގެނެސްފައިވީނަމަވެސް އެ ދާއިރާގައި ޑިއުޓީ އުސޫލުން މަސައްކަތް ކުރާ މުވައްޒަފުންގެ ރަސްމީ ގަޑިއަކީ އެ މުވައްޒަފކު ޑިއުޓީ އަދާކުރަން ހަމަޖެހިފައިވާ ވަގުތު ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައި.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ