ލަންކާގައި ފީފާ ފުޓުބޯލް ސްކޫލް ޕްރޮޖެކްޓް ކުރިއަށް ގެންދަނީ

ފީފާ ފުޓްބޯލް ސްކޫލް ޕްރޮޖެކްޓްގެ މަސައްކަތްތަކެއް ސްރީ ލަންކާގައި ކުރިއަށް ގެންދާނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ. ލަންކާގެ ފޯ ނޭޝަންސް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗްގެ ޝަރަފްވެރި މެހެމާނަކީ އިންފަންޓީނޯއެވެ. މެޗްގެ ކުރިން ލަންކާއަށް ވަޑައިގެން އިންފަންޓީނޯ ވަނީ އެގައުމުގެ ކުޅިވަރާއި ގުޅުންހުރި ގިނަބަޔަކާއި ބައްދަލުކޮށްލަފައެވެ. ލަންކާ ފުޓްބޯޅައިގެ އިސް ފަރާތްތަކާއި ނޫސްވެރިންނާ އެކުގައި އިންފަންޓީނޯ ބޭއްވި އޯޕަން ފޯރަމެއްގައި ވާހަކަދައްކަމުން ވިދާޅުވީ ލަންކާއަކީ ފުޓްބޯޅައިގެ ވަރަށް އުޖާލާ މުސްތަގްބަލެއް އޮންނަ ގައުމްއެއްކަމަށާއި ފުޓްބޯލް ފެޑެރޭޝަންގެ ރައީސް ޖޭސްވާރު އުމަރުގެ ލީޑަޝިޕްގެ ދަށުން ފުޓްބޯޅައަށް ކުރިއެރުންތަކެއް އަންނާނެކަމަށް ގަބޫލް ކުރާކަމަށެވެ. އިންފަންޓީނޯ ވިދާޅުވީ ފުޓްބޯޅައިގެ މުސްތަގުބަލެއް އޮތީ ހަމަހަމަކަމާއެކު ފުޓްބޯޅަ އަށް ކުރެވޭ އިންވެސްޓްމަންޓް ކުޑަކުދިންނާ ހަމައިން ފަށައިގެން ކަމަށެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ ދާދި ފަހުން ފެށި ފުޓްބޯލް ފޮރ ސްކޫލްގެ ޕްރޮޖެކްޓްގެ ދަށުން ލަންކާގައިވެސް ޕްރޮޖެކްޓެއްގެ މަޝްރޫއެއް ހިންގިދާނެކަށެވެ. މިޕްރޮޖެކްޓަކީ ސްކޫލްތަކާއި ގުޅިގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. އިންފަންޓޯނޯ ވިދާޅުވީ މިކަމުގެ ސަބަބުން ލަންކާގެ ފުޓްބޯޅައަށް ފައިދާ ކުރާނެކަމަށެވެ. މިފޯރަމްގައި ވާދަހަކައްދަމުން ފީފާގެ ރައީސްވަނީ ލަންކާގެ ފުޓްބޯޅަ އިންފްރާސްޓްރަކްޗަރ ރަނގަޅުކުރަން ވެސް ފީފާގެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ލަންކާގައި ފެންވަރު ރަގަނޅު ފުޓްބޯޅަ ސްޓޭޑިއަމެއްވެސް އޮންނަން ޖެހޭކަމަށް އިންފަންޓީނޯ ވިދާޅުވިއެވެ.
އިންފަންޓީނޯގެ މިދަތުރުގައި ވަނީ ލަންކާގެ ސަރުކާރުގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ