އުމަރު ޒާހިރަކީ މި ޒަމާނުގެ ޢުމްރާނީ ތަރައްޤީގެ އެއް ތަނބު: ރައީސް

ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަލް މަރްޙޫމް ޢުމަރު ޒާހިރަކީ ހަމައެކަނި ޤައުމީ ޚިދުމަތްތެރިއެއް ނޫން ކަމަށާއި އެމަނިކުފާނަކީ ރާއްޖޭގެ މިޒަމާނުގެ ޢުމްރާނީ ތަރައްޤީގެ އެއް ތަނބު ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވެވި ޖަލްސާގައި ރައީސް ސޯލިހް ވަނީ އުމަރު ޒާހިރުގެ ހިދުމަތުގެ މައްޗަށް ވަރަށް ދިގުކޮށް ވާހަކަފުޅު ދައްކަވައި އެމަނިކުފާނަށް ތައުރީފު ކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ ޢުމަރު ޒާހިރުގެ ޤައުމީ ޚިދުމަތުގެ ކިތަންމެ ކުރިބޯއްޓެއް، ރާއްޖޭގެ މިޒަމާނުގެ މަލަ މަތިން ފެންނަން އެބަހުރިކަމަށެވެ، އަދި އުމަރު ޒާހިރު ޤައުމީ އެއްބައިވަންތަކަން ދެމެހެއްޓެވުމުގައި ގެންގުޅުއްވި ޙިކްމަތްތެރި ޤައުމީ ޚިދުމަތުން ނަމޫނާ ލިބިގަންނަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް ރައީސް ވިދާޅުވީ ޢުމަރު ޒާހިރަކީ ދިވެހިންގެ ހިތްތަކުގައި ޤައުމީ އެއްބައިވަންތަކަން ދިރުވައި އާލާކުރެއްވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި، އަދި އެކަމުގައި ވަރަށް މަތިވެރި ނަމޫނާއެއް ދެއްކެވި ބޭފުޅެއްކަމުގައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ