ރަސްމީ އިއްޒަތުގައި އުމަރު ޒާހިރު ފަސްދާނުލައިފި

ރަސްމީ އިއްޒަތުގައި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ފަސްދަނުލައިފިއެވެ.
އެމަނިކުފާނުގެ ކަށުނަމާދު ބޭއްވީ މިރޭގެ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ. އަދި ފަސްދާނުލައިފައި ވަނީ ގަލޮޅު ސަހަރާގައެވެ.
އުމަރު ޒާހިރުގެ ޖަނާޒާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާއި، ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ އިސްވެރިން ވައިވެރިވެވަޑައިގެންނެވިއެވެ.
ކޮވިޑް-19 ބައްޔަށް ފަރުވާ ހޯއްދަވަމުންގެންދަވަނިކޮށް އުމަރު ޒާހިރު އަވަހާރަމީ މިއަދު މެންދުރުފަހު 2:02ގަ އެވެ.އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވްކަން އެނގިވަޑައިގަތީ، ފުވައްމުލަކުގައި އޭނާގެ އަމިއްލަ ހަރަދުގައި ބިނާކުރެއްވި މިސްކިތް ހުޅުވުމަށް ފަހު އެނބުރި މާލެވަޑައިގެންނެވި ފަހުން ހުމުގެ އާލާސްކަންފުޅާ އުޅުއްވާތީ ޓެސްޓު ކުރެއްވުމުންނެވެ.
އުމަރު ޒާހިރަކީ 1953 ވަނަ އަހަރުން ފެށިގެން 50 އަހަރަށްވުރެ ގިނަ ދުވަހު ދިވެހި ގައުމަށް އިހުލާސްތެރި އަގުހުރި ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ