ބޯކޮށް ވާރޭވެހި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް ވައިޓު އެލާޓު ނެރެފި އެވެ.
ވައިޓް އެލާޓު ނެރެފަިއވަނީ މިއަދު ހެނދުނު 10:50 ން ހަވީރު 04:00 އަށެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭވެހި ކަނޑު ގަދަވެ ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިލާގަނޑުގައި 45 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ރޭވެސް ވަނީ ފަސް އަތޮޅެއް ފިޔަވާ ހުރިހާ އަތޮޅަކަށް ވައިޓު އެލާޓް ނެރެފައި އެވެ. ވައިޓު އެލާޓު ނެރެނީ މޫސުމަށް ބަލައިގެން ދަތުރު ކުރުން ރައްކާތެރިވާނެކަން އަންގައި ދިނުމުގެ ގޮތުން ނެވެ.
މުޅި ރާއްޖެއަށް ގަދަ ވަޔާއި އެކު ބޯކޮށް ވާރޭ ވެހެމުންދާތީ ޑިޒާސްޓާ މެނޭޖުމެންޓް ސެންޓަރާއި ކޯސްޓްގާޑާއި ފުލުހުންގެ އިތުރުން މެޓް އޮފީހުން ވަނީ މޫސުމަށް ބަލައިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައި އެވެ.
މެޓް އޮފީހުން ބުނީ މި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރާނީ ދެކުނުގެ އަތޮޅުތަކަށް ކަމަށެވެ. ވިއްސާރައިގެ ސަބަބުން އައްޑޫ ސިޓީގެ ބައެއް ރަށްރަށުގައި ފެން ބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފުން ދަނީ ފެން ހިއްކުމަށް މަސައްކަތް ކުރަމުން ނެވެ.
މޫސުން ގޯސްވެ މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ