ޕީޕީއެމްގެ ރައީސްކަން އަންގައިދޭ ލިޔުމަކާއި، ޕާޓީގެ ފުރަތަމަ ގައުމީ ޖަލްސާގެ ޔައުމިއްޔާގެ ކޮޕީއެއް ހޯދުމަށް، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިލެކްޝަންސް ކޮމިޝަނަށް ސިޓީފުޅެއް ފޮނުއްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ސުލައިމާނަށް ރައީސް މައުމޫން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ސިވިލް ކޯޓަށް ހުށައަޅާފައިވާ މައްސަލައަކާއި ގުޅިގެން، އެ ކޯޓަށް ހުށައެޅުމެއްޓަކައި "އަޅުގަނޑަކީ ޕީޕީއެމްގެ ރައީސްކަން އަންގައިދޭ ލިޔުމެއް" ވީ އެންމެ އަވަހަކަށް ލިބޭނެގޮތް ހަމަޖައްސަވައިދެއްވުމަށެވެ.
އަދި 2013 ވަނަ އަހަރުގެ ޖެނުއަރީގައި ބޭއްވުނު ޕީޕީއެމްގެ ފުރަތަމަ ގައުމީ ޖަލްސާގެ، ޔައުމިއްޔާގެ ކޮޕީއެއް ލިބޭނެގޮތް ހަމަޖައްސަވައިދެއްވުމަށް ވެސް، އެ ސިޓީގައި ރައީސް މައުމޫން އެދިވަޑައިގެންފައިވެއެވެ.
ޕީޕީއެމްގެ، ތެރޭގައި މައްސަލަތަކެއް އުފެދި ދެ ފެކްޝަނަކަށް ބެހިފައިވަނިކޮށްޕާޓީގެ ހިންގުން، ޕާޓީގެ މުސްތަޝާރު ކަމަށްވާ ރައީސް އަބްދުﷲ ޔާމީން އާއި ހަވާލުކުރަން ހައިކޯޓުންނާއި ސުޕްރީމް ކޯޓުން ވެސް ވަނީ ނިންމާފައެވެ.
ޕީޕީއެމްގެ ހަމަނުޖެހުންތައް ބޮޑުވެފައިވާއިރު، ޕާޓީގެ މުހިއްމު ބައެއް ލިޔެކިޔުންތަކެއް ވެސް ވަނީ ގެއްލިފައެވެ. އޭގެތެރޭގައި ޕީޕީއެމްގެ ރެޖިސްޓްރޭޝަންސްވެސް ހިމެނޭ ކަމަށް ޕާޓީއިން މީގެކުރިން ވަނީ ބުނެފައެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރިގޮތުގައި ޕީޕީއެމްގެ ރެޖިސްޓްރޭޝަންގެ ކޮޕީއެއް މިހާރު ވާނީ ޕާޓީއަށް ފޮނުވާފައެވެ. އެ ކޮޕީއަކީ އެއްވެސް އުނި އިތުރެއް ނުގެނެސް އޮތްގޮތަށް އޮތް ކޮޕީއެއް ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
ޕާޓީގެ ރައީސްކަން އަންގައިދޭ ލިޔުމެއް ހޯދުމަށް މައުމޫން އީސީގައި އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ