ފެބުރުއަރީ މަހުގެ ޓީޖީއެސްޓީއާއި ޓެކްސް ބަޔާން މިމަހު 28ގައި ހުށަހަޅަން ޖެހޭނެ: މީރާ

ފެބުރުއަރީ މަހުގެ ޓީޖީއެސްޓީ އާއި ޓެކްސް ބަޔާން މި މަހުގެ 28 ގެ ކުރިން ދެއްކުމަށް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިލްތިމާސްކޮށްފި އެވެ.
މީރާއިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ރިސޯޓު، ހޮޓާތަކާއި ގެސްޓް ހައުސް އަދި ޕިކްނިކް އައިލެންޑްތަކާއި ޓޫރިސްޓް ހިދުމަތްދޭ ތަންތަނުން ދައްކަން ޖެހޭ ޓެކްހާއި ޓެކްސްގެ ބަޔާން ޖެހިގެން އަންނަ މަހުގެ 28 ގެ ކުރިން އެ އޮތޯރިޓީއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ބުނަނީ މިދިއަ މަހުގެ ޓެކްސް އާއި އޭގެ ބަޔާން ވެސް މިމަހުގެ 28 ކުރިން މީރާއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އަދި ޓެކްސް ނަގާ ވިޔަފާރިއެއް ހިންގާފައި ނުވި ނަމަވެސް ޓެކްސްގެ ބަޔާން އެ މުއްދަތުގެ ތެރޭގައި މިރާއަށް ހުށަހަޅަންޖެހެ އެވެ. އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ޓެކްސް ބަޔާން ފުރިހަމަ ކުރަން ބޭނުންވާ ހުރިހާ މައުލޫމާތެއް މީރާގެ ވެބްސައިޓްގައި ޝާއިއުކޮށްފައި ވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ