ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް އދ.ގެ ޑޮކްޓަރަކަށް ދެއްކުމަށް ނަންބަރެއް ނަންގަވާފައިވާ ކަމަށް ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު އަދި އދ.ގެ އދ.ގެ ދީނީ އަދި ފިކުރީ މިނިވަންކަމާ ބެހޭ ހާއްސަ މަންދޫބު ޑރ. އަހްމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.
ޝަހީދު މިހެން ވިދާޅުވެފައި މިވަނީ އަދީބްގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް ބުނެ އެމަނިކުފާނުގެ އާއިލާއިންނާއި ވަކީލުން މީޑިއާގައި އެ ވާހަކަ ދައްކަވަމުން ގެންދަވާ ވަގުތެއްގަ އެވެ.
ޑރ. ޝަހީދު މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އަދީބް މާދަމާ ޑޮކްޓަރަށް ދެއްކުމަށްޓަކައި އދ.ގެ ހާއްސަ މަންދޫބް ޑރ. ޑެނިއަސް ޕޫރަސް އަށް ނަންބަރެއް ނަގާފައިވާ ކަމަށެވެ.
އަދީބް އދ.ގެ ޑޮކްޓަރަށް ދައްކަން ނަންބަރެއް ނަގައިފިން: ޑރ. ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ