ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުވާން އަންގައިފި އެވެ.
އިތުބާރު ހުރި ފަރާތަކުން މިކަން ވީނިއުސް އަށް ޔަގީންކޮށްދިން ނަމަވެސް މިކަމުގައި ޖޭއެސްސީގެ އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ގާޒީ ބާރީ ޖޭއެސްސީއަށް ހާޒިރުކުރަނީ މިއަދު ހެނދުނު 10:30 އަށެވެ.
ގާޒީ ބާރީ ޖޭއެސްސީއަށް ހާޒިރުކުރާ ސަބަބެއް ވެސް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
ގާޒީ ބާރީ ޖޭއެސްސީއަށް ހާޒިރުވާން އަންގާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތު ނުވާ ކަމަށް ކޯޓުން އިއްޔެ ކަނޑައަޅާފައިވަނިކޮށެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ގާޒީ ބާރީ އައްޔަންކުރެއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.
ގާޒީ ބާރީ ޖޭއެސްސީއަށް ހާޒިރުވާން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ