ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.
ވީނިއުސް އަށް އެނގިފައިވާ ގޮތުގައި މިމައްސަލަ ޖޭއެސްސީއަށް ހުށަހެޅީ ފެމިލީ ކޯޓުގެ މުވައްޒަފެކެވެ.
ޖޭއެސްސީއަށް މިދިޔަ ހަފްތާގެ ތެރޭގައި ހުށަހެޅީ މިމައްސަލަ ހުށަހެޅުމާ ގުޅިގެން ކޮމިޝަނުން މައްސަލަ ބަލައިގެންފައިވާ ކަމަށްވެސް އެނގިފައިވެ އެވެ.
ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅާފައި މިވަނީ އެކޯޓުގެ އިސް ގާޒީ ހަސަން ސައީދުގެ މައްސަލައެއް ޖޭއެސްސީން ބަލަމުންދާތީ އޭނާ ސަސްޕެންޑްކޮށްފައިވާ ވަގުތެއްގަ އެވެ.
ހަސަން ސައީދު ވަނީ އާންމުކޮށް ހުޅުވާލައިގެން އޭނާގެ މައްސަލަ ކުރިއަށް ގެންގޮސްދިނުމަށް އެދިވަޑައިގެންފަ އެވެ.
ޖޭއެސްސީން މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށްވެސް ވަނީ ނިންމާފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް އަމުުރުކޮށްފަ އެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ސުޕްރީމް ކޯޓުގެ އެ އަމުރަކީ ގާނޫނުއަސާސީއާ ޚިލާފު އަމުރެއް ކަމަށް ފާސްކޮށްފަ އެެވެ.
ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ