ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެޑްމިޓްކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު އެޑްމިޓްކޮށްފި އެވެ.
ގާސިމް މިއަދު އެޑްމިޓް ކުރީ މެޑިކާ ކްލިނިކްގައި އިންނަވާ ހިތުގެ ޑޮކްޓަރަކަށް ދެއްކުމުންނެވެ.
ގާސިމް އެޑްމިޓް ކޮށްފައިވާ ކަން ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން ވަނީ ވީނިއުސްއަށް ޔަގީންކޮށްދެއްވާފަ އެވެ.
ގާސިމް އިބްރާހީމް އެޑްމިިޓް ކޮށްފައި މިވަނީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާގެ ތެރެއިން ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެއް މިއަދު މެންދުރުފަހު 2:00 ޖަހާއިރު ކްރިމިނަލް ކޯޓުގައި ފެށުމަށް ތާވަލަކޮށްފައިވަނިކޮށެެވެ.
ގާސިމް އެޑްމިޓްކޮށްފައިވީ ނަމަވެސް މިއަދުގެ ޝަރީއަތް ކެންސަލް ކުރި ކަން އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ