މޮޅަދޫ ބަނދަރާއި އިންޖީނުގެ ހުޅުވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މޮޅަދުއަށް ވަޑައިގެން އެރަށުގެ ބަނދަރާއި، އިންޖީނުގެ އަދި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވައިފި އެވެ.
މޮޅަދޫގައި ފުރަތަމަ ފަހަރަށް ތަރައްޤީކުރި ބަނދަރު ރައީސް ހުޅުއްވައިދެއްވާފައިވަނީ މިއަދު ހަވީރު އެރަށުގެ ބަނދަރު ސަރަޙައްދުގައި އެކަމަށްޓަކައި ޙާއްޞަކޮށްގެން ބޭއްވި ރަސްމިއްޔާތުގަ އެވެ.
ރައީސް ހުޅުއްވައިދެއްވީ މޮޅަދޫ ބަނދަރުގެ ދިގުމިނުގައި 645 ފޫޓު އަދި ފުޅާ މިނުގައި 250 ފޫޓު ހުރެ އެވެ.
ބަނދަރު ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވާފަ އެވެ.
މި އިންޖީނުގެއަކީ މޮޅަދޫގައި ކުރިން ހުރި އިންޖީނުގެއަށް ވުރެ ގާތްގަނޑަކަށް ތިންގުނަ ބޮޑުކޮށް ހަދާފައިވާ އިންޖީނުގެއެކެވެ. އަދި އޮފީސް އިމާރާތުގައި ކުރިން މަސައްކަތް ކުރުމަށް 4 މުވައްޒަފުންނަށް ތިބެވޭއިރު މިހާރު 30 މުވައްޒަފުންނަށް އެއްފަހަރާ މަސައްކަތް ކުރެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ