ސައްތައިން ސައްތަ ދިވެހި ޕާފިއުމް ބްރޭންޑު، ކެލޯން 1951 ލޯންޗުކޮށްފި ސައްތައިން ސައްތަ ދިވެހި ޕާފިއުމް ބްރޭންޑު، ކެލޯން 1951 ލޯންޗުކޮށްފި

ސައްތައިން ސައްތަ ދިވެހި ޕާފިއުމް ބްރޭންޑު، ކެލޯން 1951 މިއަދު ލޯންޗުކޮށްފި އެވެ.
ކެލޯން 1951 އަކީ ރާއްޖެއިން ބޭރުން ރޯ މެޓީރިއަލްސް ގެނެސްގެން، އަމިއްލައަށް ރާއްޖޭގައި ޕާފިއުމް އުފައްދާ ކުންފުންޏެކެވެ. އެ ކުންފުނިން މިއަދު ލޯންޗު ކުރީ ކެލޯންގެ ފޭސްބުކް އަދި އިންސްޓަގްރާމް ޕޭޖެވެ.
ކެލޯން މިއަދު ލޯންޗުކޮށްފައި ވަނީ މުޅިން އާ ހަ ވައްތަރެއްގެ ޕާފިއުމް އާއެކު އެވެ. އެއީ އަންހެނުންނަށް ހާއްސަ ޕާފިއުމްއަކާއި ދެ ޖިންސަށް ހާއްސަ ޕާފިއުމެއްގެ އިތުރުން ފިރިހެނުންނަށް ހާއްސަ ހަތަރު ޕާފިއުމް އެވެ. އެ ހުރިހާ ޕަފިއުމްއެއްގެ ވެސް 50 އެމްއެލް އާއި 30 އެމްއެލް ކެލޯންއިން ވިއްކަ އެވެ.
ކެލޯން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އިމްއާން އަހުމަދު ވިދާޅުވީ މިއަދު ލޯންޗުކުރި ހަ ޕާފިއުމްއަކީ ވެސް ދިވެހިންގެ އަތުން ރާއްޖޭގައި ތައްޔާރު ކޮށްފައި ހުރި އުފެއްދުންތައް ކަމަށެެވެ.
"އަޅުގަނޑުމެން މިއަދު މި ލޯންޗުކުރި ޕާފިއުމްތަކަކީ ހަމަ ސަތޭކަ ޕަސެންޓް ދިވެހިންގެ އުފެއްދުންތަކެއް، އަޅުގަނޑުމެން މިއަދު ހަ ޕާފިއުމް ލޯންޗު މިކުރީ، އެކަމަކު ހަމަ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އިތުރު ޕްރޮޑަކްޓުތައް މާކެޓަށް ނެރެމުން ދާނަން،" އިމްއާން ވިދާޅުވި އެވެ.
ކެލޯންއިން މިއަދު މާކެޓަށް ނެރުނު އަންހެން ޕާފިއުމް، އިންޓެންޝަން -- ފޮޓޯ: ކެލޯން 1951
އޭނާ ވިދާޅުވީ ކެލޯންގެ އުފެއްދުންތަކަކީ ދިވެހިންނަށް ކަމުދާ، ދިވެހިންނާ ގުޅޭ ވަސްތައް ހިމަނައިގެން ތައްޔާރު ކޮށްފައިވާ އުފެއްދުންތަކެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ހަމައެކަނި ދިވެހި ރާއްޖެއަށް ހާއްސަ ޕާފިއުމްތައް ވެސް އެ ކުންފުނިން ނެރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މި ޕާފިއުމްތަކަކީ ރާއްޖެއިން ލިބެން ހުންނަ އެންމެ ކޮލިޓީ ޕްރޮޑަކްޓުތަކާ އެއްހަމައެއްގައި ހިފަހައްޓައިލެވޭ ވަރުގެ ކޮލިޓީ ޕާފިއުމްސް ހަމަ، އަގުތައް މި އުޅެނީ ހަމަ މިޑްލް ރޭންޖުގައި،" އިމްއާން ވިދާޅުވި އެވެ.
ކެލޯންގެ ބްރޭންޑު ލޯންޗު ކުރުމާ ގުޅުވައި އެ ކުންފުނިން ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. މިމަހު 14، ގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަނުގެ މުއްދަތުގައި ކެލޯންގެ ހުރިހާ ޕްރޮޑަކްޓަކުން ވެސް 20 ޕަސެންޓު ޑިސްކައުންޓު ލިބޭނެ ކަމަށް އިމްއާން ބުންޏެވެ.
"މިއީ އަދި ފެށުން އިރާދަ ކުރެއްވިއްޔާ، އަޅުގަނޑުމެން ސާބިތު ކޮށްދޭން ބޭނުންވަނީ ދިވެހިންނަކީ ހަމަ ކޮންމެ ކަމެއްގައި ވެސް އެންމެ އުހަށް ވާސިލުވެވިދާނެ ބައެއްކަން،" އިމްއާން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ