މިހާރު ކުރިއަށްދާ އދ. ގެ ތިން ވަނަ އޯޝަންސް ކޮންފަރެންސްގައި ރާއްޖެއިން ގައުމީ ފެންވަރުގައި އޯޝަންސް އެކައުންޓްސް އެކުލަވާލުމުގެ މަގު ޗާޓު މިއަދު އިފްތިތާހުކޮށްފި އެވެ.
އެ މަގުޗާޓު އިފްތިތާހުކޮށް ދެއްވީ އެ ކޮންފަރެންސްގެ ހަވާސާގައި ރާއްޖެއިން ގްލޯބަލް އޯޝަންސް އެކައުންޓްސް ޕާރޓްނާޝިޕާއެކު އިންތިޒާމުކުރި ސައިޑް އިވެންޓްގައި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތާރިގް އިބްރާހިމް އެވެ.
މަގު ޗާޓު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ތާރިގް ވަނީ ދިވެހިރާއްޖޭގެ ތަރައްގީ އާއި އިޖްތިމާއީ ދުޅަހެޔޮކަން ކަނޑާއި އައްސޭރިފަށުގެ ދިރޭތަކެތީގެ ނަސްލުތަކަށް ބިނާވެފައިވާ ކަން ފާހަގަކުރައްވާފަ އެވެ.
މިގޮތުން، ރާއްޖޭގެ ގުދުރަތީ ރައުސުލްމާލާއި، ދިރޭތަކެތީގެ ނަސްލުތަކާއި މާހައުލުތައް ރައްކާތެރިކުރުމުގެ މުހިއްމުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އޯޝަން އެކައުންޓްސް އަކީ ތިމާވެށީގެ ދާއިރާއިން، ހާއްސަކޮށް ކަނޑާއި އައްސޭރިފަށުގެ ގުދުރަތީ ނަސްލުތަކާއި މާހައުލީ ނިޒާމުތައް، ގުދުރަތީ ވަސީލަތްތަކެއްގެ ގޮތުގައި ގުނަކޮށް، މިންކޮށް، އެ ވަސީލަތްތަކުގެ ޙާލަތު ދެނެގަނެ، އޭގެއިން ލިބޭ އިގްތިސާދީ އަދި އިޖްތިމާއީ ފައިދާތައް ހިސާބުކިތާބުކޮށް ދެމެހެއްޓެނިވި ތަރައްގީ ބައްޓަންކުރުމަށް މަގުފަހިކޮށްދޭ އޮނިގަނޑެކެވެ.
ރާއްޖެއިން ގައުމީ ފެންވަރުގައި އޯޝަން އެކައުންޓްސް އެކުލަވާލުމުގެ މަގުޗާޓު އިފްތިތާހުކޮށްފި ރާއްޖެއިން ގައުމީ ފެންވަރުގައި އޯޝަން އެކައުންޓްސް އެކުލަވާލުމުގެ މަގުޗާޓު އިފްތިތާހުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ