"އަންހެންވެރިންގެ ސައްލާ"ގެ އިއްޔެގެ ދަންފަޅިތަކުގައި މުހިންމު 3 ކަރުދާހެއްގެ މައްޗަށް ބަލައިލެވިފައިވޭ!

މިނިސްޓްރީ އޮފް ސިޓީސް، ލީކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން، އިއްޔެ ހެނދުނުން ފެށިގެން ކުރިއަށް ގެންދާ "އަންހެންވެރިންގެ ސައްލާ" މަސައްކަތު ބައްދަލުވުމުގައި އިއްޔެގެ ދަންފަޅިތަކުގައި ވެސް މުހިންމު 3 ކަރުދާހެއްގެ މައްޗަށް ބަލައިލެވިފައިވާ ކަމަށް، އެ ކަމާ ޙަވާލުވެ ހުންނެވި ޕޮލިޓިކަލް ޑިރެކްޓަރ ޢާއިޝަތު ސުދުފާ ވިދާޅުވެއްޖެއެވެ.
ސުދުފާ ހާމަކުރެއްވި ގޮތުގައި އިއްޔެ ވަނީ ޤާނޫނީ ގޮތުން ކޮމިޓީތަކުގެ ދައުރާއި، ސިޔާސީ ދާއިރާގައި އަންހެނުން ބާރުވެރިކުރެވުމާއި އަދި ޞިއްޙީ އަދި ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗަށް ޢިލްމީ ނަޒަރަކުން ބަލައިލެވި މެންބަރުންގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދެވިފައިވެ.
އެ ގޮތުން އަންހެނުންގެ ތަރައްްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ދައުރާއި، ޝަޚްޞާއި އަދި އިދާރީ ދާއިރާތައް ހިންގުމުގައި އތމ ކޮމިޓީތަކަށް ލިބިގެންވާ ޙައްޤުތަކާއި ބާރުތައް އޮޅުންފިލުވައިދެއްވީ އަލްއުސްތާޛާ ފާޠިމަތު ފަހުމީއެވެ. ސިޔާސީ ދާއިރާގައި އަންހެނުންގެ ބާރުވެރިކަން އިތުރުކުރުން މި ބައި ކުރިއަށް ގެންގޮސްދެއްވީ ޑރ. މަރިޔަމް ޒުލްފާއެވެ. ވަޒީފާގެ މާޙައުލުގައާއި، މުޖުތަމަޢުގައި ނަފުސާނީ، ޖިސްމާނީ ދުޅަހެޔޮކަން މި ސުރުޚީގެ މައްޗަށް މަޝްވަރާތައް ކުރިއަށް ގެންގޮސްދެއްވީ ސިޔާމާ އަންވަރެވެ.
މިއީ ކ، އއ، އދ، ވ އަދި މ އަތޮޅުގެ އތމ ކޮމިޓީތަކުގެ މެންބަރުންނަށް ބާއްވާ 2 ދުވަހުގެ ސައްލާއެކެވެ. މި ސައްލާ މިއަދުވެސް ކުރިއަށް ދާނެއެވެ. މިއަދުގެ ސެޝަންތައް ނަންގަވައި ދެއްވާނީ ޑރ. އާމިނަތު ޝާފިޔާއާއި، ބީސީސީއާއި، އެސްޑީއެފްސީ އަދި ވިމެންއިންޓެކްންނެވެ. މަސައްކަތު ބައްދަލުން ކުރިއަށް ދަނީ އިސްރަށްވެހިންގެ ނާދީގައެވެ.
 
ހަބަރު: ސަރުކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ