ފިޔޯރީން ފުރި ޑިންގީއެއް ގެއްލިއްޖެ، ތިން މީހުން ދަތުރުކުރި

ގދ. ފިޔޯރީން އެ އަތޮޅު އުތުރުގެ ބައެއް ރަށްތަކަށް ދަތުރުކުރި ޑިންގީއެއް ގެއްލިއްޖެ އެވެ.
ފިޔޯރީ ކައުންސިލުން ބުނީ މިއަދު މެންދުރު ފަހު ފުރި ޑިންގީގެ ހަބަރެއް ނުވާ ކަމަށެވެ. ޑިންގީގައި ތިން މީހުން ތިބޭނެ ކަަމަށް ވެސް ބުންޏެވެ.
ކައުންސިލުން ބުނި ގޮތުގައި ޑިންގީ ދަތުރުކުރީ ގއ ގެ ބައެއް ރަށްތަކަށް މި ރޯދައަށް ކަރާ ވިއްކަން ކަރާ ބަރުކޮށްގެންނެވެ. ނަމަވެސް މިހާތަނަށް އެ ޑިންގީ އެއްވެސް ރަށަކަށް ދިޔަކަން އެނގިފައިނުވާ ކަމަށެވެ. އަދި ޑިންގީގައި ތިބި މީހުންނާއި ނުގުޅޭ ކަމަށް ވެސް ބުންޏެވެ.
Advertisement
ޑިންގީގައި ތިބީ ދެ ދިވެހީންނާއި ބިދޭސީ އެކެވެ. އެކަން ސިފައިންނާއި ފުލުހުންގެ ސަމާލު ކަމަށް މިހާރު ގެނެސްފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ