މާލޭގެ ގެއެއްގައި އަލިފާން ރޯވެއްޖެ މާލޭގެ ގެއެއްގައި އަލިފާން ރޯވެއްޖެ

މާލޭގެ ގެއެއްގައި އަލިފާން ރޯވެ، ވަރަށް ބޮޑަށް އަނދައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވީ މއ. ސްޕްރިންގ ރިވާ ނަމަކަށް ކިޔާ ގޭގައި ކަމަށެވެެ. އެއީ މަޖީދީ މަގުގައި 10 ބުރިއަށް ހަދާފައި ހުންނަ މއ. ކެލާގެއާ ޖެހިގެން އިރަށް ހުރި ގެއެވެ.
މި ހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައިވާކަން އެނގިފައެއް ނެތެވެ.
އަލިފާން ރޯވި މަންޒަރު ފެނުނު ބައެއް މީހުން އަދަދު ނޫހަށް ކިޔައި ދިން ގޮތުގައި ހާދިސާ ހިނގީ ފަތިހު 4:30 ވާން ކައިރިވެފައި ހުއްޓައި ކަމަށެވެ.
"ސިފައިން އައިސް އަހަރެމެން ގެ ހުސްކުރަން ގޮވީމަ ހޭލެވުނީ. އެއީ ގާތްގަނޑަކަށް 4:30 ހާއިރު. އޭރު ހުރީ އަލިފާން ރޯވެފައި. އަލިފާންގަނޑު ވަރަށް މައްޗަށް އެރި،" ކެލާ ގޭގެ އެޕާޓްމެންޓެއްގައި ދިރިއުޅޭ ޒުވާނަކު ބުންޏެވެ.
އޭނާ ބުނި ގޮތުގައި އަލިފާން ރޯވި ތަނަކީ، ދަގަނޑާއި ޓިނުން ދެ ބުރިއަށް ހަދާފައި ހުރި ތަނެކެވެ.
"އެއީ ބިދޭސީން އުޅޭ ތަނެއް. އެތަނަށް މަސްތުވާތަކެތި ބޭނުން ކުރަން ވެސް ކުދިން ވަދެ އުޅޭތަން ފެނޭ،" އަދަދު ނޫހަށް ވާހަކަ ދެއްކި މީހާ ބުންޏެވެ.
ރޯވި އަލިފާންގަނޑު ފަތިހު 5:30 ގައި ސިފައިން ވަނީ ނިއްވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ