ކުޑަހުވަދޫގައި މުދާއުފުލާ ކުޑަ ޕިކަޕެއް ފަޅުތެރެއަށް ވެއްޓިއްޖެ

ދ.ކުޑަހުވަދޫގައި މުދާއުފުލާ ކުޑަ ޕިކަޕެއް ފަޅުތެރެއަށް މިއަދު ވެއްޓިއްޖެއެވެ.
ކުޑަހުވަދޫއިން ވޮއިސްއާ ވާހަކަދެއްކި މީހަކު ބުނީ މި ހާދިސާ ހިނގާފައިވަނީ، ބަނދަރުން މުދާ އަރުވައިގެން ދާން އުޅުމުގެ ތެރޭގައި ފަހަތަށްޖެހިވަގުތު ކޮންޓްރޯލް ނުވުމުންކަމަށެވެ. މި ހާދިސާގައި ޕިކަޕްގައި އެވަގުތު އިނީ ހަމައެކަނި ޑްރައިވަރުކަމަށްވެސް އޭނާ ބުންޏެވެ.
މި ހާދިސާގައި ޑްރައިވަރަށް މާބޮޑު އަނިޔާއެއް ނުވެއެވެ. ނަމަވެސް ޕިކަޕްގައި ހުރި މުދާތައް ޕިކަޕާއެކު މޫދަށް ފައިބައިގެން ދިޔައެވެ. 
Advertisement
ރަށްރަށުގެ ބަނދަރަށް ޕިކަޕް ފަދަ އުޅަނދު ވެއްޓުމުގެ ހާދިސާތައް ދޭތެރެއަކުން ހިނގައެވެ. ބައެއް ފަހަރު މިފަދަ ހާދިސާތައް ހިނގަނީ ބްރަކި ފެއިލްވުމުގެ ސަބަބުންނެވެ. އަނެއްބައިފަހަރަށް އޮޅިގެން މާބޮޑަށް ރޭސް ދިނުމުންވެސް މިފަދަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ