ބާސެލޯނާ (އޭޕްރީލް 10) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި 4-0 އިން ބޮރޫޝިއާ ޑޯޓްމަންޑް އަތުން ބޮޑު މޮޅެއް ހޯދައި ބާސެލޯނާ އިން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފި އެވެ.
މިދިޔަ އަހަރު ފައިނަލުގައި ކުޅުނު ޑޯޓްމަންޑް ދަނޑުގައި އަންނަ ހަފްތާގައި ބާސެލޯނާ އިން ފުރަތަމަ ލެގުގެ ނަތީޖާ އަށް ވުރެ ފަރަގު ކުޑަކޮށް ބަލިވިޔަސް، 2019 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ފުރުސަތު ލިބޭނެ އެވެ.
ބާސެލޯނާ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ، މި ފަަހަރުގެ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ގޯލު ޖެހި ރަފީނިއާ އެވެ. ރަފީނިއާ މި ގޯލު ޖެހީ ގޯލު ރޮނގުމަތިން ބޯޅަ އެތެރެއަށް ފޮނުވާލައިގެންނެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ޔަގީންކޮށްފައި މި ގޯލު ބަލައިގަތްއިރު، މިއީ މި ފަހަރުގެ މުބާރާތުގައި ރަފީނިއާގެ 12 ވަނަ ގޯލެވެ.
ފުރަތަމަ ހާފުގައި ޑޯޓްމަންޑަށް އެއްވަރުކޮށްދޭން ސޭހޫ ގިރާސީ އަށް ލިބުނު ދެ ފުރުސަތުގެ ބޭނުން ނުހިފުނެވެ.
ދެ ވަނަ ހާފުގައި ބާސެލޯނާ އިން ދެ މިނިޓް ތެރޭ ލީޑުފުޅާކުރި އެވެ. މިއީ ލަމީން ޔަމާލް އާއި ރަފީނިއާ ގުޅިގެން ކުރި އެޓޭކެއްގައި ގޯލު ރޮނގުމަތިން ބޮލުން ބޯޅަ އެތެރެއަށް ފޮނުވާލައިގެން ރޮބަޓް ލެވަންޑޯސްކީ ޖެހި ގޯލެކެވެ.
އޭގެ އިރުކޮޅެއް ފަހުން، ލިބުނު ފުރުސަތެއްގައި ލެވަންޑޯސްކީ ވަނީ ބާސެލޯނާގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. މި ދެ ގޯލާ އެކު، ލެވަންޑޯސްކީ ވަނީ ކުރީގެ ކްލަބް ކޮޅަށް 29 ލަނޑު ޖަހައިފަ އެވެ.
ބާސެލޯނާގެ ފަހު ގޯލު ޖެހީ ރަފީނިއާ ދިން ބޯޅައަކުން، ޔަމާލް އެވެ. ޑޯޓްމަންޑްގެ މެކްސިމިލިއަން ބައިއާ ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.
ޑޯޓްމަންޑް އަތުން ބޮޑު މޮޅެއް ހޯދައި ބާސެލޯނާ ސެމީއާ ގާތަށް ޑޯޓްމަންޑް އަތުން ބޮޑު މޮޅެއް ހޯދައި ބާސެލޯނާ ސެމީއާ ގާތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ