ހައްޖަށް ދާ މީހުންނަށް ގައުމުތަކުން ފޯރުކޮށްދޭ ހިދުމަތްތަކާއި ހަމަޖައްސައިދޭ އިންތިޒާމުތައް ވަޒަން ކުރުމަށްފަހު ސައުދީ ސަރުކާރުން ދޭ ލައްބައިތުމް އެވާޑު 12 ގައުމަކަށް ލިބިއްޖެ އެވެ.
ހައްޖަށް ދާ މީހުންނަށް ގައުމުތަކުން ފޯރުކޮށްދޭ ހިދުމަތްތައް ވަޒަން ކުރުމަށްފަހު އެ ގައުމުން ދޭ ލައްބައިތުމް ޑައިމަންޑު އެވާޑު ލިބުނީ ތުރުކީ އާއި އިރާގުގެ އިތުރުން މެލޭޝިޔާ އަށެވެ. ލައްބައިތުމް ގޯލްޑް އެވާޑު ލިބުނީ ސިންގަޕޫރާއި އަލްޖީރިއާ އަދި ޗައިނާ އަށެވެ.
ލައްބައިތުމް ސިލްވާ އެވާޑު ލިބުނީ ދެކުނު އެފްރިކާ އާއި އުރުދުން އަދި ދާރުއްސަލާމް އަށެވެ. ބްރޮންޒް އެވާޑު ލިބުނީ އިރާން އާއި ސޯމާލިއާގެ އިތުރުން ޓިއުނީޝިއާއަށެވެ.
ހައްޖަށާއި އުމްރާއަށް ދާ މީހުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ވަޒަން ކުރުމަށްފަހު ވެސް ވަކިވަކީން ސައުދީ ސަރުކާރުން ލައްބައިތުމް އެވާޑު ދެ އެވެ. އެވޯޑު ދިނުމުގައި ބަލާ ކަންކަމުގެ ތެރޭގައި، ގައުމުތަކުން ދުރާލާ ތައްޔާރުވެފައިވާ މިންވަރާއި، ހައްޖާޖީންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރާއި، ހިދުމަތްތައް ފޯރުކޮށްދިނުމުގައި އުފެއްދުންތެރި ހައްލުތައް ހޯދާ މިންވަރަށް ވެސް ރިއާޔަތް ކުރެ އެވެ.
ލައްބައިތުމް އެވާޑަކީ ސައުދީގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ދޭ ޝަރަފުވެރި އެވާޑެކެވެ.
ހައްޖަށް ދާ މީހުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރަށް ބަލައި ސައުދީން ދޭ 'ލައްބައިތުމް އެވޯޑު' 12 ގައުމަކަށް ހައްޖަށް ދާ މީހުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރަށް ބަލައި ސައުދީން ދޭ 'ލައްބައިތުމް އެވޯޑު' 12 ގައުމަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ