މިދިޔަ އަހަރު 353 މިލިއަން ސިނގިރޭޓު ވަނީ އެތެރެކޮށްފައިވެ އެވެ. އަދި ރާއްޖެއަށް 47,568 ކިލޯގެ ދުންފަތް އެތެރެކޮށްފައިވެ އެވެ.
މިދިޔަ އަހަރު ރާއްޖޭގައި ދިރިއުޅެމުންދާ ކޮންމެ މީހެއްގެ ބޮލަކަށް 706 ސިނގިރޭޓާއި 10 ކިލޯގެ ދުންފަތް އެތެރެކޮށްފައިވާ ކަމަށް ދައްކައިފި އެވެ.
ދުންފަތުގެ ސަބަބުން ރާއްޖޭގެ އާބާދީ އަށް ނުރައްކާވެފައިވާ ކަމަށް ސިއްހީ މާހިރުން އިންޒާރު ދެމުންދާއިރު، މޯޅްޑިވްސް ސްޓެޓިސްޓިކް ބިއުރޯގެ މިދިޔަ އަހަރުގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ވެސް ރާއްޖެ އަށް ވަނީ ދުންފަތާއި ދުންފަތުން އުފައްދާފައިވާ ބާވަތްތައް ގިނަ އަދަދަކަށް އެތެރެކޮށްފަ އެވެ. މިދިޔަ އަހަރު 353 މިލިއަން ސިނގިރޭޓު ވަނީ އެތެރެކޮށްފައިވެ އެވެ. މިއީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި ދިވެހިން ހިމަނައިގެން ބޮލަކަށް ބަލާނަމަ ގާތްގަނޑަކަށް 706 ސިނގިރޭޓު ޖެހެ އެވެ. އަދި މިދިޔަ އަހަރު ރާއްޖެއަށް 47,568 ކިލޯގެ ދުންފަތް އެތެރެކޮށްފައިވެ އެވެ. މިއީ ބޮލަކަށް ބަލާނަމަ 10 ކިލޯގެ ދުންފަތެވެ.
މި ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު އަޅާ ކިޔާނަމަ ސިނގިރޭޓް އެތެރެކުރި ނިސްބަތް ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ. މިދިޔަ އަހަރު ރާއްޖެ އަށް 352 މިލިއަން ސިނގިރޭޓް އެތެރެކުރިއިރު ކުރީ އަހަރު އެތެރެކޮށްފައިވަނީ 350 މިލިއަން ސިނގިރޭޓެވެ. ނަމަވެސް މިދިޔަ އަހަރު ރާއްޖެ އަށް ދުންފަތް އެތެރެކުރި ނިސްބަތަށް ކުޑަ ދަށްވުމެއް އައިސްފައިވާ ކަމަށް ދައްކަ އެވެ. މިިދިޔަ އަހަރު 47,568 ކިލޯގެ ދުންފަތް އެތެރެކުރިއިރު އޭގެ ކުރީ އަހަރު މި އަދަދު އުޅެނީ 48,268 ކިލޯގަ އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރަން ބޭނުން ކުރާ އެހެން ބާވަތްތައް ކަމަށްވާ އަނގަ މީރު ކުރަން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ބޭނުން ކުރާ ޗުއިން ޓޮބޭކޯ އެތެރެކުރި މިންވަރު ވެސް ވަނީ ބޮޑުތަނުން އިތުުރުވެފަ އެވެ. މިދިޔަ އަހަރު މީގެ 68,658 ކިލޯގެ ދުންފަތުގެ ސާމާނު އެތެރެކޮށްފައިވެ އެވެ. މި އަދަދު ކުރީ އަހަރު އުޅެނީ 59,547 ކިލޯގަ އެވެ. އެހެންވެ މިއީ 80 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި ވޭޕުފަދަ ބާވަތްތައް އެތެރެކުރި މިންވަރު ވެސް ވަނީ ބޮޑު ތަނުން އިތުރުވެފަ އެވެ. މިދިޔަ އަހަރު 6,275 ކިލޯގެ މިފަދަ ބާވަތް އެތެރެކުރި އެވެ. ނަމަވެސް ކުރީ އަހަރު މި އަދަދު އުޅެނީ 3,046 ކިލޯގަ އެވެ.
ހިސާބުތައް ދައްކާ ގޮތުން މިދިޔަ 17 އަހަރަށް ބަލައިރު ރާއްޖެއަށް އެތެރެކުރާ ދުންފަތުގެ އަދަދު ދަނީ ހަލުވިކަމާއެކު އިތުރުވަމުންނެވެ. މިދިޔަ 17 އަހަރަށް ހަމައެކަނި ބެލިނަމަވެސް 156،509 ކިލޯގެ ދުންފަތް ވަނީ ރާއްޖެއަށް އެތެރެކޮށްފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
މިދިޔަ އަހަރު ރާއްޖޭގެ ކޮންމެ މީހަކަށް 706 ސިނގިރެޓާއި 10 ކިލޯ ދުންފަތް އެތެރެކުރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ