ދީނީ އިލްމުވެރިޔާ އިބްރާހިމް ފަރީދު އަހުމަދުގެ މައްޗަށް ގައިބަށް ކުރާ ކަށުނަމާދު، ރާއްޖޭގެ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ވީ ކިހިނެއް؟- ފަރީދު އަވަހާރަވީ ދީނީ ދައުވަތު ދެއްވުމަށް އިއްޔެ ހަވީރު މެލޭޝިއާއަށް ކުރެއްވި ދަތުރުގައި، އެއާޕޯޓުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށެވެ.
އެނގިފައިވާ ގޮތުގައި އިލްމުވެރިޔާގެ ހަށިގަނޑު މާލެ ގެނައުމަށް މަަސައްކަތް ކުރި އެވެ. އެކަމަކު މެލޭޝިއާގައި ޖަނާޒާ ބާއްވައި، ވަޅުލާ ގޮތަށް އާއިލާއިން ނިންމީ މެލޭޝިއާއިން ހަށިގަނޑު ބޭރުކުރާ ކަމަށް ވަންޏާ ޕޯސްޓްމޯޓަމް ހަދަން ޖެހޭތީ އެވެ.
ބުނީ ކީކޭ؟ - އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ފަރީދުގެ މައްޗަށް ގައިބުގައި ކަށުނަމާދު ކުރުމަށް ވަރަށް ގިނަ ބަޔަކު ވަނީ އެދިފަ އެވެ. އެހެންވެ، މި ހަފުތާގެ ހުކުރު ދުވަހުގެ ކުރިން، މެލޭޝިއާގައި އޭނާ ވަޅުލައިފި ނަމަ، ހުކުރު ނަމާދަށް ފަހު ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ގައިބަށް ކަށުނަމާދު ކުރާނެ ކަމަށް ވިދާޅުވި އެވެ.
އެނގުން މުހިއްމު - ފަރީދަކީ ރާއްޖޭގައި ދީނީ އިލްމު ފެތުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އިލްމުވެރިއެކެވެ. އަވަހާރަވުމާ ހަަމައަށް، އޭނާ ވަނީ ދީނީ އެކި ދަރުސްތައް ދެއްވުމަށް ރަށްރަށަށް ވަޑައިގެންފަ އެވެ.
ހުދުމުހުތާރު ވެރިކަމުގެ ނިޒާމާ ދެކޮޅަށް ރާއްޖޭގައި ހިނގި އިސްލާހީ ހަރަކާތްތަކުގައި ވެސް ފަރީދު ވަރަށް އިސް ދައުރެއް އަދާކުރައްވާފައިވެ އެވެ.
ރާއްޖޭގެ ހުރިހާ މިސްކިތެއްގަ ފަރީދުގެ މައްޗަށް ކަށުނަމާދު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ