އެމްއައިބީ އާއި މުނި ހޯމްކެއާ އިން ކުރިއަށްގެންދިޔަ 'އުޖާލާ ޕްރޮމޯޝަން'ގެ ނަސީބުވެރިން ހޮވައިފި އެމްއައިބީ އާއި މުނި ހޯމްކެއާ އިން ކުރިއަށްގެންދިޔަ 'އުޖާލާ ޕްރޮމޯޝަން'ގެ ނަސީބުވެރިން ހޮވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި މުނި ހޯމްކެއާ ގުޅިގެން ކުރިއަށްގެންދިޔަ އުޖާލާ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި އެވެ.
ފެބްރުއަރީ 3، އިން މެއި 3، ގެ ނިޔަލަށް މުނި ހޯމްކެއާގެ ފިހާރަތަކުން އެމްއައިބީ އުޖާލާ މެދުވެރިކޮށް ވިޔަފާރިކޮށްގެން ބައިވެރިވެވޭގޮތަށް ކުރިއަށްގެންދިޔަ އެ ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވުނީ އަހުމަދު ލަތީފެވެ.
މުނި ހޯމްކެއާއަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ކޮލެޓީ ފަރުނީޗަރުގެ އިތުރުން ފާހާނާއިގެ ފިޓިންގްސް އާއި ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުންވާ އެކި ސާމާނު ވިއްކާ ފިހާރައެކެވެ.
މުނި ހޯމްކެއާ އަކީ ފެށުނީއްސުރެ އެމްއައިބީ އުޖާލާ ދިރިއުޅުން މެދުވެރިކޮށް ކަސްޓަމަރުންނަށް އިތުބާރާއިއެކު މުދާ ފޯރުކޮށްދޭ ފިހާރައެކެވެ.
އެމްއައިބީގެ އުޖާލާ ދިރިއުޅުމަކީ ރާއްޖޭގެ އެންމެ މަގުބޫލު އެއް ފައިނޭންސިން ސްކީމެވެ. ހަތް ލައްކަ ރުފިޔާ އާއި ހަމައަށް މުދާ އަދި ފައިސާ ލިބޭ މިސްކީމަށް އޮންލައިންކޮށް އެދެވެ އެވެ.
ބޭންކަށް ނައިސް ހުރިހާ ކަމެއް ކޮށްލެވޭ އުޖާލާ ސްކީމަށް ސަރުކާރު މުވައްޒަފުންގެ އިތުރުން އެމްއައިބީއަށް މުސާރަ އަދި ކުލި ޖަމާކުރާ ފަރާތްތަކާއި އެމްއައިބިއާއެކު އެމްއޯޔޫގައި ސޮއިކޮށްފައިވާ ހުރިހާ ކުންފުންޏެއްގެ މުވައްޒަފުންނަށް ލިބެ އެވެ.
އެމްއައިބީއަކީ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ލިބޭ ބޭންކެކެވެ. މިގޮތުން އޮންލައިންކޮށް އެކައުންޓު ހުޅުވައި އުޖާލާ ދިރިއުޅުން ފެސިލިޓީއަށް އޮންލައިންކޮށް އެދުމާއި ވިޔަފާރި އެކައުންޓް ވެސް އޮންލައިންކޮށް ހުޅުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ