ނުރައްކާތެރި ކުށްތަކަށް އަރައިގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ރާއްޖެ އައުމުން ހައްޔަރުކޮށްފި

ނުރައްކާތެރި ކުށްތަކަށް އަރައިގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިހާރު ހިންގަމުންދާ މާރާމާރީތަކުގެ ތުހުމަތުކުރެވޭ އަދި ނުރައްކާތެރި ކުށްތައް އަރައިގަތުމުގައި ބައިވެރިވާކަމަށް ތުހުމަތުކުރެވޭ މީހާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިއަދުއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެފައިވަނިކޮށް މެލޭޝިޔާއަށް ފުރައިގެން ދިއުމުން މެލޭޝިއާއަށް އޭނާ ވަނުން ހުއްޓުވައި، އެހެން ފްލައިޓްއެއްގައި ރާއްޖެ ގެނައުމަށްފަހުކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤުކުރަމުންނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާއަކީ މި މަހުގެ 4 ވަނަ ދުވަހުގެ ރޭ، އައިޖީއެމްއެޗު ކައިރީގައި ހުރި މީހަކަށް ނުރައްކާތެރި ހަތިޔާރަކުން ހަމަލާދިނުމުން ފިލާފައިވާ މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ