ދ. މާއެނބުދޫ ސިއްޙީ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމަށް އެޅި އައު އިމާރާތް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ.
މި އިމާރާތް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތު ބޭއްވުނީ ރައީސުލްޖުމްހޫރިއްޔާ މިވަގުތު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އިމާރާތް ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެތަނުގެ އެކި ބައިތައް ބައްލަވާލައްވާފައެވެ.
މާއެނބޫދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތް ތަރައްޤީކޮށްފައި މިވަނީ އެ މަރުކަޒުން ޚިދުމަތް ދިނުމުގައި ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ. މި އިމާރާތާއެކު އަލަށް 5 ޚިދުމަތެއް ވަނީ ތަޢާރަފްކޮށްފައެވެ.
އައު އިމާރާތުގެ ސަބަބުން މާއެނބޫދޫގެ ރައްޔިތުންނަށް ލިބޭ ސިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާވެ، ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ. މީގެ އިތުރުން އާ އިމާރާތުގައި ޒަމާނީ ވަސީލަތްތައް ޤާއިމްކުރެވި، މުވައްޒަފުންނަށް މަސައްކަތްކުރުމަށް ފަސޭހަ މާހައުލެއް ޤާއިމްވެގެންދާނެއެވެ.
މާއެނބުދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ