ބީޓް ރޫޓު ރަނގަޅީ ހުހާތަ، ނޫނީ ޖޫސްތަ؟

ބީޓް ރޫޓު ނުވަތަ ދިވެހި ބަހުން ބުނާނަމަ ރަންގުމޫއަކީ މި ފަހަކަށް އައިސް ދިވެހީންގެ މެދުގައި ވެސް ވަރަށް މަގުބޫލު ތަރުކާރީގެ ބާވަތަކަށް ވަނީ ވެފައެވެ. މިއީ އާންމުކޮށް ފެނު ކައްކައިގެންނާއި އެކި ވައްތަރުގެ ސެލެޑުތަކުން ފެނުނު ބާވަތެއް ނަމަވެސް ސިއްހަތަށް ސަމާލުކަންދޭ ގިނަ ބައެއްގެ މެދުގައި ބީޓު ރޫޓު ބޮޑަށް ބޭނުންކުރެވެނީ އެއިން ތައްޔާރުކުރެވޭ ޚާއްސަ ޖޫހެއްގެ ގޮތުގައެވެ. މިފަހަކަށް އައިސް ބީޓު ރޫޓް ބޭނުންކޮށްގެން ތައްޔާރުކުރެވޭ މަގުބޫލު ބުއިންތަކުގެ ތެރޭ ކޮމްބޫޗާ އަދި ސެލެރީ ޖޫސް ހިމެނޭއިރު އެއިން ހަށިގަނޑަށް ލިބިދޭ ސިއްހީ ފައިދާތަކަށް އެއްވެސް ބަދަލެއް އަތުވެދާނެތޯ މިއީ ކުރެވޭ ބަހުސެކެވެ. ރެޖިސްޓަޑް ޑައިޓީޝަން އަދި ނިއުޓްރިޝަނިސްޓް އެމީ ރިޗާ ބީޓް ރޫޓާ ގުޅޭގޮތުން ލިޔެފައިވާ ލިޔުމެއްގައިވާ ގޮތުން ބީޓޫ ރޫޓަކީ ކޮންމެ ގޮތަކަށް ބޭނުންކުރިއަސް އެއިން ހަށިގަނޑަށް ގިނަގުނަ ސިއްހީ ފައިދާތަކެއް ލިއްބައިދޭ ބާވަތެކެވެ. ބައެއް ސިއްހީ ދިރާސާތައްކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ބީޓް ރޫޓް ތަރުކާރީގެ ގޮތުގައި ބޭނުންކުރުމުން ހަށިގަނޑަށް އެއިން ލިބޭ ސިއްހީ ފައިދާތައް މާގިނަ--ފޮޓޯ/ޕިންޓްރެސްޓް އޭގެ ތެރޭގައި ލޭގެ ޕްރެޝަރު ވަކި މިންވަރެއްގައި ބެހެއްޓުމަށް އެހީވުން، ފުރަމޭގެ ބަލިތަކުން ރައްކާތެރިކަން ހޯދައިދިނުން، ހަށިގަނޑުގެ އިންފްލެމޭޝަން ދަށްކޮށްދިނުން، އެނީމިއާއިން ހަށިގަނޑު ރައްކާތެރިކޮށްދިނުން، ކެންސަރުގެ ބަލިތަކުން ހަށިގަނޑު ރައްކާތެރިކޮށްދިނުން އަދި ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދިނުން ހިމެނެއެވެ. އެމީ ރިޗާގެ ލިޔުމުގައި ފާހަގަކޮށްފައިވާ ގޮތުގައި ހަފައިގެން ބީޓު ރޫޓު ކެއުމުން ހަށިގަނޑަށް ލިބޭ ސިއްހީ ފައިދާތަކާއި އެއިން ޖޫސް ތައްޔާރުކޮށްގެން ބުއިމުން ލިބޭ ފައިދާތައް އަޅާކިޔާއިރު ފަރަގުތަކެއް އެބަހުއްޓެވެ. މިސާލަކަށް ތަރުކާރީގެ ގޮތުގައި ބޭނުންކުރާ ބީޓު ރޫޓްގައި ފައިބާ، ފޮލޭޓް، ވިޓަމިން ސީ، ޕޮޓޭސިއަމް، އަޔަން ފަދަ އެތަކެއް ގުދުރަތީ ކޮމްޕައުންޑުތައް ހިމެނޭއިރު ބީޓު ރޫޓު ގިރާލުމަށް ފަހު ޖޫހަށް ބަދަލުވުމުން ފައިބާގެ މާއްދާތައް ވަރަށް ބޮޑަށް އޭގައި މަދުވާ ކަމަށް އެމީ ރިޗާ ވަނީ ފާހަގަކޮށްފައެވެ. ބީޓް ރޫޓް ބޭނުންކޮށްގެން ތައްޔާރުކުރެވިފައިވާ ބުއިމެއް--ފޮޓޯ/ޕިންޓްރެސްޓް އެގޮތުން، ބީޓު ރޫޓުން ތައްޔާރުކޮށްފައިވާ ޖޫސް ޖޯޑެއްގައި ފައިބާގެ މާއްދާ އެއްވެސް ވަރަކަށް ނުހުންނައިރު ކުދިކޮށް ކޮށާފައި ހުންނަ ބީޓު ރޫޓު ޖޯޑެއްގައި 3.5 ގްރާމް ފައިބާ ހުންނާނެ ކަމަށް މި ލިޔުމުގައި ވަނީ ބުނެފައެވެ. ބީޓުގައި ހުންނަ ފައިބާ މާއްދާގެ ސަބަބުން ފަސޭހައިން ކާނާ ހަޖަމުކޮށްދިނުމަށް އެހީވެދީ، ކޮލެސްޓްރޯލް އެއްވަރެއްގައި ބެހެއްޓުމަށް އެހީތެރިވެދީ ލޭގައި ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ބެހެއްޓުމަށް އެހީވެދެއެވެ. މީގެ އިތުރުން، ބަރުދަން ލުއިކޮށްދިނުމަށް ވެސް އެހީވެއެވެ. އެތުލީޓުންނާއި ކަސްރަތުކުރާ ގިނަ ބައެއްގެ މެދުގައި ބީޓް ރޫޓު ޖޫސް މަގުބޫލުވުމުގެ މައިގަނޑު އެއް ސަބަބަކީ އެއިން ނިޓްރިކް އޮކްސައިޑް ލެވެލް މަތިކޮށްދީ އެތުލީޓުންގެ ހަށިގަނޑުގެ މަސްތަކަށް އޮކްސިޖަން ފޯރުކޮށްދޭ މިންވަރު އަވަސްވުމެވެ. މިސާލަކަށް 10 ކިލޯމީޓަރުގެ ދުވުމަށް ތައްޔާރުވަމުންދާ މީހެއްނަމަ ލިބިފައިވާ ފުރިހަމަ ތަމްރީނުތަކާ އެކު ބީޓު ރޫޓު ޖޫހަކީ ހަށިގަނޑަށް ބޭނުންވާ ހަކަތަ ގެނެސްދޭނެ ބުއިމަކަށްވާނެ ކަމަށް ސިއްހީ ތަފާތު ދިރާސާތަކުން ދައްކައެވެ. ނަމަވެސް، ސިއްހަތަށް ފައިދާހުރި ކެއުންތައް ކެއުމަށް ސަމާލުކަންދޭ މީހެއްނަމަ ބްލަޑް ޝުގަ އެއްވަރެއްގައި ހިފަހައްޓައި ދިނުމަށް ބީޓު ރޫޓު ތަރުކާރީގެ ގޮތުގައި ބޭނުންކުރުމަށް ސަމާލުކަން ދިނުމަށް އެމީ ރިޗާ ވަނީ އިރުޝާދު ދީފައެވެ. އެއް ފަހަރާ ބޯލާ ބުއިމަކަށްވުރެ ބޮޑަށް ހަފައިގެން ކެއުމަކީ ހަށިގަނޑުގެ ގަޓް ހެލްތަށް އެކަމުން ހެޔޮ އަސަރުތަކެއް ކުރުވާ ބަނޑުހައިކަމުގެ އިހުސާސްކުރުވާ މިންވަރު ދަށްކޮށްލަދޭނެ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ