އޭވީސީ ބީޗް ޓުއާ ސަމިލާ އޯޕަން: އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ އަށް ފުރަތަމަ މެޗުން ނާކާމިޔާބު އޭވީސީ ބީޗް ޓުއާ ސަމިލާ އޯޕަން: އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ އަށް ފުރަތަމަ މެޗުން ނާކާމިޔާބު

ތައިލެންޑްގައި މިހާރު ކުރިއަށްދާ އޭވީސީ ބީޗްވޮލީބޯޅަ ޓުއާގެ މުބާރާތެއް ކަމަށްވާ ސަމިލާ އޯޕަންގައި ރާއްޖޭގެ އެއް ވަނަ ޕެއާ، އާދަމް ނަސީމް (އެޑަމް) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) ބަލިވެއްޖެ އެވެ.
މި މުބާރާތުގައި ވާދަކުރަނީ ރާއްޖޭން އެއް ޕެއާ އެވެ.
ރާއްޖޭގެ ޕެއާ އިން މި ފަހަރުގެ ސަމިލާ އޯޕަންގައި ވާދަކުރަނީ ޕޫލް އީގަ އެވެ. މި ޕޫލުގައި ދެން ހިމެނެނީ، ފިލިޕީންސްގެ ބައިޓްރާގޯ އާއި ވާގާ، އޮސްޓްރޭލިއާގެ ދެ ވަަނަ ޕެއާ ކަމަށްވާ ބާނެޓް އާއި ރަޔާން އަދި ސްރީ ލަންކާގެ ދެ ވަނަ ޕެއާ، ނަލިން އާއި މަދުސާ އެވެ.
މުބާރާތުގައި އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ކުޅުނު ފުރަތަމަ މެޗުގައި މިއަދު ބައްދަލުކުރީ ފިލިޕީންސްގެ އެއް ވަނަ ޕެއާ ކަމަށްވާ ބައިޓްރާގޯ އާއި ވާގާގެ ޕެއާއާ ދެކޮޅަށެވެ. މި މެޗުން އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ބަލިވީ ސީދާ ދެ ސެޓުންނެވެ. ސެޓުތައް ދިޔައީ، 21-17، 21-13 އިންނެވެ.
ދެ ވަަނަ މެޗުގައި، އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ މާދަމާ ކުޅޭނީ، އޮސްޓްރޭލިއާގެ ބާނެޓް އާއި ރަޔާންގެ ޕެއާ އެެވެ. އަދި، ގްރޫޕްގެ ފަހު މެޗުގައި، މާދަމާ ލަންކާގެ ނަލިން އާއި މަދުސާގެ ޕެއާއާ ވެސް ބައްދަލުކުރާނެ އެވެ.
އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ އަކީ ރާއްޖޭގެ އެންމެ ކާމިޔާބު ބީޗްވޮލީބޯޅަ ޕެއާ އެވެ. އެ ގޮތުން، މި ޕެއާ އިން ވަނީ، ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އިން ބޭއްވި ދެ މުބާރާތަކުން ރަން މެޑަލް އަދި އެއް ފަހަރު ރިހި މެޑަލް ހޯދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ