ޕޮލިޓިކްސްްގައި ނޯންނާނެ ޓްރަސްޓެއް، އޮންނާނީ އިންޓްރަސްޓް: ގާސިމް

ޕޮލިޓިކްސްްގައި ޓްރަސްޓެއް ނޯންނާނެ ކަމަށާއި އޮންނާނީ އިންޓްރަސްޓް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ ޖޭޕީގެ ނާއިބު ލީޑަރު އަމީން އިބްރާހިމް އިއްޔެ ރާއްޖެ ވަޑައިގަތުމުން އަމީނަށް މަރުހަބާ ދެންނެވުމަށް ވީއައިއޭއަށް ވަޑައިގަތުމުން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
”ޔޭސް އޮފްކޯސް. ނޯ ޑޯ އިސް ކްލޯސް. އެވްރީ ޑޯ އިސް އޯޕަން… ޕޮލިޓިކަލްގައި ނޯ އެނިމީ ނޯ ފްރެންޑް އިނގޭތޯ! އަޅުގަނޑުގެ އިންޓްރަސްޓް އޮތީ ގައުމާއި ރައްޔިތުންނަށް ހެޔޮ ގޮތްވުން. އޭގެ ތެރެއިން ވަރަށް ގިނަ ކަންކަން ވެއްޖެ،” ރައީސް ސޯލިހު ނޫން ބޭފުޅަކާއެކު މަސައްކަތް ކުރައްވާނެތޯ އެހުމުން ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ޖޭޕީގެ ދޮރު އެއްވެސް ސިޔާސީ ޕާޓީއަކަށް ބަންދު ނުކުރައްވާނެ ކަމަށާއި އެއީ ތަންމިނަށް ހުޅުވާފައިވާ ތަނަވަސް ދޮރެއް ކަމަށެވެ. އަދި މި ސަރުކާރު ވެރިކަމަށް އައީ ޖުމްހޫރީ ޕާޓީގެ ވެސް މަސައްކަތާއެކު ކަމަށާއި ނަމަވެސް ކޯލިޝަނުން ލިބޭނެ ކަމަށް އެއްބަސްވި ހިއްސާގެ 100 ޕަސެންޓް ނުލިބޭ ކަމަށެވެ. ނަމަވެސް ކޯލިޝަނެއް އޮތުމުން އުފާ ކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ