މަމެން އިންޓަރ ސްކޫލް ސައިކްލިންގ ޗެމްޕިއަންޝިޕް މިއަހަރުވެސް

ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން 3 ވަނަ މަމެން އިންޓަރ ސްކޫލް ސައިކްލިންގ ޗެމްޕިއަންޝިޕް 2022 ބޭއްވުމަށް ރެޖިސްޓްރޭޝަނަށް ހުޅުވާލައިފިއެވެ.
2020 ވަނަ އަހަރު މި އިވެންޓް ބާއްވަން ނިންމި ނަމަވެސް ކޯވިޑް-19 ގެ ސަބަބުން އެ މުބާރާތް ވަނީ ފަސްކޮށްފައެވެ.
މި އިވެންޓް ލޯންޗުކުރުމަށް ދިރާގު ހެޑް އޮފީހުގައި ބޭއްވި ޙާއްސަ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ބްރޭޑް ނާޔާ ޝަރީފް ވިދާޅުވީ ދިރާގުގެ އުންމީދަކީ މިފަދަ ޓޯނަމަންޓްތަކުން ސްކޫލް ކުދިންގެ މެދުގައި ބައިކް ކުރުމުގެ ޝައުގުވެރިކަން އިތުރުވެ، ޅައުމުރުގައި ދުޅަހެޔޮ، ދެމެހެއްޓެނިވި ދިރިއުޅުމެއް ގެ މުހިންމުކަން އެކުދިންނަށް އިނގިގެންދިއުންކަމަށެވެ.
"މި ހަރަކާތް ކުރިއަށް ގެންދިއުމުގައި ޑިވެލޮޕްމަންޓް ޕާޓްނަރެއްގެ ގޮތުގައި ބައިކް މޯލްޑިވްސް އަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ޒުވާން ޢުމުރުން ފެށިގެން ދުޅަހެޔޮ، ދެމެހެއްޓެނިވި ދިރިއުޅުމެއްގެ މުހިންމުކަން ޕްރޮމޯޓްކުރާއިރު ސްކޫލް ކުދިންގެ މެދުގައި ބައިސްކަލް ދުއްވުމުގެ ޝައުޤުވެރިކަން އިތުރުކުރުމަށް އަޅުގަނޑުމެން އުންމީދުކުރަން." ނާޔާ ވިދާޅުވިއެވެ.
މި އަހަރު މި މުބާރާތް ކުރިއަށްދާނީ 17 ސެޕްޓެމްބަރގައި ހުޅުމާލޭ ފޭސް 2 ގައި އޮންނަ ސައިކްލިން ޓްރެކްގައެވެ. ހުރިހާ ސްކޫލް ކުދިންނަށްވެސް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހިޅުވާލެވިފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 8 ސެޕްޓެމްބަރ ގެ ނިޔަލަށެވެ. ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓަރީ ކުރުމަށް ފޯމު އެ ދަރިވަރުންނަށް ފޯރުކޮށްދޭނީ އެ ދަރިވަރަކު ނިސްބަތްވާ ސްކޫލްއަކުންނެވެ. އަދި މި ފޯމު ދިރާގާއި ބައިކް މޯލްޑިވްސްގެ ސޯޝަލް މީޑިއާއިންވެސް ލިބޭނެއެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މުބާރާތުގެ 10 އިވެންޓެއް ކުރިއަށްދާނެއެވެ. އެއީ:
1000 މީޓަރުގެ ފަން ރައިޑް ފިޔަވައި ވާދަވެރި ކޮންމެ ކެޓަގަރީއަކުން ތިން އަންހެން އަދި ފިރިހެން ނަސީބުވެރިން ހޮވާނެއެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ތިމާވެއްޓަށް އީޖާބީ ގޮތެއްގައި އެހީތެރިވެދޭ އިވެންޓްތަކަށް އެއްބާރުލުންދީ، އިވެންޓްތައް ރާވައި، މުޖުތަމައުގެ ބައިވެރިވުން އިތުރުކޮށް، ސްކޫލް ކުދިންގެ ތަޖުރިބާތައް އިތުރުކުރުމަށްކަމަށް އެ ކުންފުނިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ