ޕީޕީއެމުން އިއްޔެ ހިންގި ހަރަކާތަކީ ވަރަށް ބޯދާ ހަރަކާތެއް: މެމްބަރު އިބްރާހިމް ރަޝީދު

މަސްވެރިންނަށް ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ބުނެ ޕީޕީއެމުން ހިންގި ހަރަކާތަކީ ވަރަށް ބޯދާ ހަރަކާތެއް ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.
މެމްބަރު މިހެން ވިދާޅުވީ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުންނެވެ.
މެމްބަރު ވިދާޅުވީ ޕީޕީއެމުން އިއްޔެ ހިންގި ހަރަކާތަކީ ވަރަށް ބޯދާ ހަރަކާތެއް ކަމަށާއި މީގެ 15 ވަރަކަށް އަހަރު ކުރިން އެފަދަ ހަރަކާތްތަކަށް މަސްމާރުކޭޓް ސަރަހައްދުން މަސްވެރިންގެ އެއްބާރުލުން ލިބުނު ކަމަށެވެ.
މެމްބަރު ވިދާޅުވީ ރައްޔިތުން ސީދާ ޑިމޮކްރެޓިކް ހަރަކާތްތައް ހިންގާ ކަމަށާއި އެމްޑީޕީން ވަނީ އެކަން ދަސްކޮށްދީފައި ކަމަށެވެ.
މީގެ އިތުރުން މެމްބަރު ވަނީ ޕީޕީއެމަކީ ލާމަރުކަޒީ ނިޒާމަށް ތާއިދުކުރާ ބައެއް ނޫން ކަމަށާއި އެ ޕާޓީން ތާއީދު ކުރަނީ މަރުކަޒީ ކުރުމަށް ކަމަށެވެ.
އަދި ޕީޕީއެމުން ވެރިކަންކޮށްފައިވަނީ މާލެ ތޮއްޖައްސަން ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ