ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން ޅ. އޮޅުވެލިފުށީގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް މިއަދު ފަށައި އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފި އެވެ.
ތަފްސީލް - އޭޓީއެމް ހިދުމަތް ތައާރަފްކުރުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ:
ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް
ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބް
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް
ބީއެމްއެލްގެ އިސްބޭފުޅުން
ބުނީ ކީކޭ؟ - "ޅ. އޮޅުވެލިފުށީގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރެވުމާ އެކު ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމުގެ ލަނޑުދަނޑި ހާސިލްވެފައިވާކަން އަޅުގަނޑު އުފަލާ އެކު ފާހަގަކުރަން،" ޝަރީފް ވިދާޅުވި އެވެ.
"މިއީ ވަރަށް ވެސް ހާއްސަ ކާމިޔާބީއެއް. މިއަދު އޮޅުވެލިފުށީގައި އޭޓީއެމް ހިދުމަތް ފެށުމާ އެކު، ހއ. ތުރާކުނުން ފެށިގެން މާލެއާ ހަމައަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަޅުގަނޑުމެންގެ އޭޓީއެމް ގާއިމުކުރުމުގެ ލަނޑުދަނޑި ވެސް މިވަނީ ހާސިލްކުރެވިފައި."
20 އަތޮޅުގައި 42 ބްރާންޗު
193 ސެލްފް ސާވިސް ބޭންކިން ސެންޓަރު
251 އޭޓީއެމް
އެންމެ ޒަމާނީ އޮންލައިން ބޭންކިން
ބީއެމްއެލްއިން މުޅި ޅ. އަތޮޅުގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ