ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓުގައި އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ގާސިމް އިބްރާހިމް ކެމްޕެއިނަށް މާދަމާ އުތުރުގެ ދެއަތޮޅަކަށް ފުރާވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.
ޖުމްހޫރީ ޕާޓީއިން މައުލޫމާތު ދޭގޮތުގައި ގާސިމް ކެމްޕެއިން ދަތުރުފުޅު ފެއްޓެވުމަށް ހަމަޖެހިފައިވަނީ ހދ އަތޮޅުންނެވެ. އަދި ހދ އަތޮޅަށް ފަހު ށ އަތޮޅަށްވެސް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ދެއެވެ.
މިގޮތުން ހދ އަތޮޅަށް ކުރައްވާ ދަތުރުގައި މަކުނުދު އާއި ނޮޅިވަރަމާއި ނޮޅިވަރަމްފަރާއި ހަނިމާދޫ އަދި ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނެ ކަމަށް ޖޭޕީން ބުންޏެވެ. އަދި ށ. އަތޮޅުން އޭނާ ވަޑައިގަންނަވާނީ ކަނޑިތީމާއި ގޮއިދު އާއި ކޮމަންޑު އާއި ފުނަދު އާއި މިލަންދޫ އަދި ފޯކައިދު އަށެވެ.
ހދ. އަތޮޅުގެ ދަތުރުގައި ކުޅުދުއްފުށީގައި މާދަމާ ރޭ ބޮޑު ޖަލްސާއެއް ބާއްވަން ނިންމާފައިވާއިރު ށ. އަތޮޅުގެ ބޮޑު ޖަލްސާ އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ ފޯކައިދޫގައި ކަމަށް ޖޭޕީން ބުންޏެވެ.
އެ ދެ އަތޮޅަށް ކުރައްވާ ކެމްޕޭނު ދަތުރުގައި ކޮންމެ ރަށަކަށް ގާސިމް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާނެ އެވެ.
ގާސިމް ކެމްޕެއިނަށް މާދަމާ އުތުރަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ