އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓައި ވަގަށް ނެގި ދެ ސިނގިރޭޓު ކޮންޓެއިނަރުގެ ބައިތައް ހަލާކުކޮށްލާފައި ހުއްޓައި ތިލަފުށިން ފެނިއްޖެ އެވެ.
ވީ ކިހިނެއް؟ - ވަގަށް ރާއްޖެ އެތެރެކުރުމުން މިދިޔަ އޭޕްރީލް މަހު ހިފަހައްޓައި އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުރި އެ ދެ ކޮންޓެއިނަރުގައި:
13 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސިނގިރޭޓް ހުރި
އޭގެ ޑިއުޓީގެ އަގު 122 މިލިއަން ރުފިޔާއަށް އަރާ
މި ކޮންޓެއިނަރުތައް ބަނދަރުން ވަގަށް ބޭރުކުރި މައްސަލައިގައި މިހާތަނަށް ނުވަ މީހަކު ހައްޔަރުކޮށް، 19 މީހަކު ރާއްޖެއިން ފުރުން ވަނީ މަނާކޮށްފަ އެވެ.
ތަފްސީލް - މި މައްސަލައިގެ ތަހުގީގުން މިހާތަނަށް ހޯދިފައިވާ މައުލޫމާތުތައް ހާމަކޮށް ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ތަހުގީގަށް ފަސް އުޅަނދަކާއި މާލެ، ހުޅުމާލެ އަދި ތިލަފުށީގެ 21 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ:
ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ވަގަށް ނަގައިފައިވަނީ، އެ ދެ ކޮންޓެއިނަރާ އެއްގޮތަށް ދެ ކޮންޓެއިނަރު ތައްޔާރުކުރުމަށް ފަހު
އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުރި ސިނގިރޭޓް ދެ ކޮންޓެއިނަރު ވަގަށް ނެރެގެން ގެންގޮސް، އޭގެ ބަދަލުގައި އެއާ އެއްގޮތަށް ތައްޔާރުކުރި ދެ ކޮންޓެއިނަރު ދޯންޏެއްގައި ޓާމިނަލަށް ގެންގޮސް ބަހައްޓާފައިވޭ
ކޮންޓެއިނަރުތައް ބަދަލުކޮށް ވައްކަން ކުރުމުގައި ބޭނުންކުރި ދޯނީގެ ނަމާއި ރަޖިސްޓްރީ ނަންބަރު ވަނީ ބަދަލުކޮށްފައި
ސިނގިރޭޓް ހުރި ދެ ކޮންޓެއިނަރު ދޯންޏަކަށް އަރުވައިގެން ތިލަފުށްޓަށް ގެންގޮސް، އެ ދެ ކޮންޓެއިނަރު ތިލަފުށީގައި ބަހައްޓައިގެން ވަނީ ހަލާކު ކޮށްލާފައި
ކޮންޓެއިނަރުތަކުގެ ބައިތައް ތިލަފުށީގެ ސައިޓެއްގައި ހުއްޓައި ފުލުހުން ވަނީ ހޯދާފައި
އެނގުން މުހިންމު - މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި، ވައްކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންނާއި، ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ އިތުރުން، ކޮންޓެއިނަރު ވަގަށް ގެންދިއުމުގައި ބޭނުންކުރި ދޯނި އެވަގުތު ދުއްވަން އިން ކެޕްޓަން ހިމެނެ އެވެ. އަދި މި ވައްކަން ކުރުމުގައި އެކި ގޮތްގޮތުން ބައިވެރިވެފައިވާކަމަށް ތަހުގީގުން ހޯދުނު މީހުން ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ހައްޔަރު ކުރި މީހުންގެ ތެރެއިން ހަތް މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ. އެއީ:
މުހައްމަދު ވަހީދު (ދިގަލި)، އެޕޯލޯ ކުންފުނީގެ އެއް ހިއްސާދާރު - ތުހުމަތުކުރަނީ ވައްކަން ރާވާ، ފަންޑުކުރި ކަމަށް
އަހުމަދު އާރިފް، ލޮޓަސްގެ ވެރިޔާ - ތުހުމަތުކުރަނީ ވައްކަން ރާވާ، ފަންޑުކުރި ކަމަށް
މުއާޒު އަލީ، ކަސްޓަމްސްގައި ކުރިން އުޅުނު، މިފްކޯގެ ޖެނެރަލް މެނޭޖަރެއް - ތުހުމަތުކުރަނީ އަމަލީ ގޮތުން އެކަން ރާވައި ހިންގުމުގައި ބައިވެރިވި ކަމަށް
ޒިވާރު އިސްމާއިލް، ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސް ވެރިއެއް - ތުހުމަތުކުރަނީ އަމަލީ ގޮތުން އެކަން ރާވައި ހިންގުމުގައި ބައިވެރިވި ކަމަށް
ހަސަން އަބްދުއްރަހްމާން، އެޕޯލޯގެ މުވައްޒަފެއް
އާދަމް ވަހީދު، ސިނގިރޭޓު ކޮންޓެއިނަރުތައް ވަގަށް ބޭރުކުރި ދޯނީގެ ކައްޕި، އެޕޯލޯގެ މުވައްޒަފެއް
އަހުމަދު ފިރުސާން، އެމްޕީއެލްގެ މުވައްޒަފެއް
ދެން މި މައްސަލާގައި ހިމެނޭ އެމްޕީއެލްގެ ދެ މުވައްޒަފުންގެ ބަންދަށް 16 ދުވަސް މިދިޔަ އާދިއްތަ ދުވަހު ވަނީ ޖަހާފަ އެވެ. އެ ދެ މީހުންނަކީ:
ހުސައިން ސާމިހު
އަހުމަދު ޝަހީމް
މި ވައްކަމާ ގުޅޭ އެއްވެސް މައުލޫމާތެއް، ނުވަތަ ވަގަށް ނަގައިފައިވާ ސިނގިރޭޓާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ސިނގިރޭޓް އެތެރެކުރުމުގެ ހުއްދަ ނެތި ފުޅާ ދާއިރާއެއްގައި ސިނގިރޭޓްގެ ވިޔަފާރި ކުރާ ފަރާތްތަކުގެ މައުލޫމާތެއް، އެއްވެސް މީހަކަށް އެނގޭ ނަމަ، މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9911099 އަށް ގުޅައި މައުލޫމާތު ދިނުމަށް ފުލުހުން އެދެ އެވެ.
ވަގަށް ނެގި ދެ ކޮންޓެއިނަރުގެ ބައިތައް ތިލަފުށިން ހޯދައިފި؛ ވަަގަށް ނެގީ އެގޮތަށް ކޮންޓެއިނަރުތަކެއް ހަދައި ބަދަލުކޮށްގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ