މިއަދު މެންދުރު މެންދުރުފަހާ ޖެހެންދެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ވަރަށް ގޯސްވާނޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މެޓުން ވަނީ މިއަދު ހެނދުނުން ފެށިގެން މެންދުރުފަހު 14:30 ހާ ހަމަޔަށް ހއ އަތޮޅުން ފެށިގެން ލ އަތޮޅަށް ހުދު ސަމާލް ނެރެފައެވެ. ވައިޓް އެލާތް ނެރެފައިވާ ގަޑިތަކުގައި 19 މޭލާއި 24 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭއިރު، ވިލާ ގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނޭކަމަށް ވަނީ ލަފާކޮށްފައވެެ.
މީގެ އިތުރުން މެޓުން ވަނީ މިއަދު ރާއްޖެއަށް ވިއްސާރަކުރާނޭކަމަށް ލަފާކޮށް ހުރިހާ ފަރާތްތަކަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ހާއްސަ ގޮތެއްގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައި ކޮންމެހެން ކުރަންޖެހޭ ނޫނީ ދަތުރުތަކަށް ކަނޑުމައްޗަށް ނޭރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ދަތުރުކުރާނަމަ، މޫސުމާ ބެހޭ އެންމެ ފަހަުގެ މައުލޫމާތު ހޯދުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މިހާރު ކުރަމުންދާ މޫސުމީ ވިއްސާރާގައި މިދިޔަ ހަފްތާގައި ހިތާމަވެރި ދެ ހާދިސާއެއް ހިނގާފައިވާއިރު، އިއްޔެވެސް ކަނޑުމަތީގެ ހާދިސާތައް ވަނީ ހިނގާފައެވެ.
މެންދުރުފަހާ ޖެހެންދެން މޫސުން ވަރަށް ގޯސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ