ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ އަޑު އަހައިގެން ކުރިއަށް ދިއުން މުހިއްމު ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަދު ފާހަގަކުރާ ޑިމޮކްރަސީ ދުވަހާ ގުޅިގެން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މުޖުތަމައުގައި އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ނިންމުންތައް ނިންމުމުގައި ހުރިހާ ރައްޔިތުންގެ އަޑު އަހައިގެން ކުރިއަށް ދިއުމުގައި ދެމިތިބެން ޖެހޭ ކަމަށެވެ.
ބުނީ ކީކޭ؟ - "ނިންމުންތައް ނިންމުމުގައި ހުރިހާ ދާއިރާއެއްގެ ރައްޔިތުންގެ އަޑު އަހާ ބަޔަކަށް ވާންޖެހޭ،" ރައީސް ވިދާޅުވި އެވެ.
ފަލަސްތީނުގެ ގާޒާގައި ހިނގަމުންދާ ގަތުލުއާންމާ ގުޅޭ ބައްދަލުވުމަކަށް ގަތަރުގައި މިވަގުތު ހުންނެވި ރައީސް ވަނީ ޑިމޮކްރަސީގެ އަސާސްތައް ކަށަވަރު ކުރުމަށް މިއަދު މަސައްކަތް ކުރާއިރު ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ ހައްގުތައް ކަށަވަރުކޮށް، އަމިއްލަ ދައުލަތެއް ގާއިމްކުރުމަށް ކުރާ މަސައްކަތުގައި އެ ރައްޔިތުންނާ އެކު ދެމި ހުންނެވިކަން ހާމަކުރައްވައިފަ އެވެ.
އެނގުން މުހިންމު - ރައީސް މިހެން ވިދާޅުވިއިރު، މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފައިވާ ބިލު އަނބުރާ ގެންދިއުމަށް ދައުލަތުގެ މިނިވަން މުއައްސަސާތަކާއި ދިވެހި ނޫސްވެރިންނާއި ބޭރުގެ ޖަމާއަތްތަކުން ވެސް އަންނަނީ ގޮވާލަމުންނެވެ.
ނަމަވެސް، ސަރުކާރުގެ ބޮޑު މެޖޯރިޓީއެއް އޮތް މަޖިލިސް ޗުއްޓީގައި އޮއްވާ ވެސް މަޖިލީހުގެ ކޮމިޓީ އާއި މަޖިލިސް ބާއްވައިގެން އެ ބިލު ނިންމުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ނިންމުންތައް ނިންމާއިރު ރައްޔިތުންގެ އަޑު އެހުން މުހިއްމު: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ