މަންމަ އާއި ބައްޕަ ނުވަތަ ޝަރުއީ ގޮތުން ބަލަން ޖެހޭ އާއިލާގެ މީހަކު ބަލިވެއްޖެ ނަމަ، ސިވިލް ސާވިސްގެ މުވައްޒަަފަށް 30 ދުވަހުގެ ހާއްސަ ޗުއްޓީ ލިބޭގޮތަށް ސިވިލް ސާވިސްގެ ގަވައިދަށް އިސްލާހު ގެނެސްފި އެވެ.
ވީ ކިހިނެއް؟ - ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ގެޒެޓް ކުރި އިސްލާހުގައި ބުނި ގޮތުގައި، މުވައްޒަފެއްގެ މަންމަ އާއި ބައްޕަ، ނުވަތަ އަނބިމީހާ، ފިރިމީހާ، ދަރިއެއް ނުވަތަ އެއްބަނޑު އެއްބަފާ އަަދި ޝަރުއީގޮތުން ބަލަން ޖެހިފައިވާ މީހަކު ބަލިވެއްޖެ ނަމަ، މަގާމުގެ އަސާސީ މުސާރަ ލިބޭގޮތަށް އަހަރަކު 30 ދުވަހުގެ ޗުއްޓީ ނެގޭނެ އެވެ.
ތަފްސީލް - 'ހާއްސަ ސިއްހީ ބޭނުންތަކަށް ދޭ ޗުއްޓީ'ގެ ނަމުގައި އެ ޗުއްޓީ ދޭނެ އުސޫލުތައް ވެސް އިސްލާހުގައި ބުނެފައިވެ އެވެ. އެގޮތުން:
ބަލި މީހާއަކީ، ދާއިމީ ނުވަތަ ބޮޑު ބައްޔެއް ތަހައްމަލު ކުރާ މީހަކަށްވުން
ބަލީގެ ބާވަތާއި ބަލީގެ ސަބަބުން ފަރުވާއަށް ހޭދަވާނެ މުއްދަތު ބަޔާންކޮށް، ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ސިއްހީ އެހީތެރިއެއްގެ މެޑިކަލް ސެޓިފިކެޓެއް ހުށަހަޅަން ޖެހޭ
ސެޓްފިކެޓް ދޫކުރި ގައުމެއްގެ ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަރުކަޒަކުން، ސިއްހީ ހިދުމަތްތެރިޔަކު ދޫކޮށްފައިވާ މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ޖެހޭ
އޭގެ އިތުރުން މުވައްޒަފަކަށް މި ފަދަ ސިއްހީ ހާލަތެއް ކުރިމަތިވެއްޖެ ނަމަ ވެސް މި ޗުއްޓީ ނެގެ އެވެ.
އިސްލާހުގައި ބުނީ، މުވައްޒަފަކަށް ދިމާވާ ސިއްހީ ހާލަތަކާ ގުޅިގެން އެ މުވައްޒަފަކަށް ދާއިމީ ގޮތެއްގައި ނުވަތަ ދިގު މުއްދަތަކަށް ވަޒީފާ އަދާކުރުމަށް ނުކެދިއްޖެ ނަމަ މި ޗުއްޓީ ނެގިދާނެ ކަމަށެވެ.
އެތަނުން ބުނި ގޮތުގައި، ވަޒީފާ އަދާކުރުމަށް ނުކުޅެދޭ ހާލަތެއްގެ ގޮތުގައި ބަލާނީ:
ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ސިއްހީ އެހީތެރިއަކު ސޮއިކޮށް، ލިޔުން ދޫކުރާ ތަނުން ތަންގަނޑު ޖަހާފައިވާ ލިޔުމެއް ހުށަހެޅުމުން
އެއީ ރާއްޖޭން ބޭރުގެ އެހީތެރިއެއް ނަމަ، އެ ގައުމެއްގެ ރަޖިސްޓްރީ ކޮށްފައިވާ ސިިއްހީ މަރުކަޒެއްގެ ސިއްހީ މަސައްކަތްތެރިއަކަށް ވާން ޖެހޭނެ
އިސްލާހުގައި ބުނެފައިވާ ގޮތުގައި މި ޗުއްޓީ އެއްވެސް މުވައްޒަފަކަށް ދޭން ޖެހޭނީ ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅައި، އެތަނުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.
އާއިލާގެ މީހަކު ބަލިވެއްޖެ ނަމަ، ހާއްސަ ޗުއްޓީއެއް ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ