ކުޑަ އަންހެން ދެ ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ބަލަނީ

ކުޑަ އަންހެން ދެ ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއް ފެންމަތިވެ އެ މައްސަލައާ ގުޅިގެން ތަހުގީގެއް ފަށަައިފި އެވެ.
ފުލުހުން ވަނީ އެކަން ޔަގީންކޮށްދީފަ އެވެ. ފުލުހުންގެ އިދާރާއިން ބުނީ ކުޑަ އަންހެން ދެ ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެ އިދާރާއަށް ހުށައަޅާފައިވާ ކަމަށެވެ. މި މައްސަލަ ހުށައެޅީ މި މަހުގެ 16 ވަނަ ދުވަހު ކަމަށްވެސް ބުންޏެވެ.
ނަމަވެސް މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ