ކުޑަ ދަރިފުޅަށް ނެޕީ ގަންނައިރު ކޮންމެ ބެލެނިވެރިޔަކު ވެސް އެންމެ ބޮޑަށް އިސްކަން ދޭނީ ނެޕީގެ ކޮލެޓީއަށްކަން ޔަގީނެވެ. ގަންނަ ނެޕީ އަކީ ޖަހައިގެން އުޅޭއިރު ދަރިފުޅަށް ފަސޭހަ، އެލާޖިކް ރިއެކްޝަންތަކުން ރައްކާރެތިކޮށްދޭ އުފެއްދުމެއްކަން ޔަގީން ކުރަން ބޭނުންވާނެ އެވެ.
ކުޑަ ދަރިފުޅަށް ވެސް އަދި މައިންބަފައިންނާއި ބެލެނިވެެރިންނަށް ހިތްހަމަޖެހުން ގެނެސްދޭ، ތުއްތުކުދިންގެ ނާޒުކު ހަމާ ވެސް އެންމެ ގުޅޭ އެއް ނެޕީ ބްރޭންޑަކީ 'މިނީ މީ' އެވެ.
ރާއްޖޭގެ ބާޒާރުގައި ވެސް ގިނަ ބަޔެއްގެ އިތުބާރު ހޯދާފައިވާ މި ބްރޭންޑުގެ ނެޕީގެ އެންމެ ހާއްސަ އެއް ސިފަ އަކީ 3-ޑީ ކްލައިޑް ޝެލްޓޮޕް ޝީޓެވެ. ކުއްޖާގެ ހަންގަނޑުގައި ނެޕީ ޖެހުމުގެ ފުރުސަތު %25 ކުޑަކޮށްދީ، ނެޕީ ރޭޝް ފަދަ އުނދަގޫތަކުން ދުރުކޮށްދޭނެ އެވެ.
މިނީ މީގެ ނެޕީ ޕެކްގައި ހިމެނޭ ވަކިވަކި ކޮންމެ ނެޕީ އަކީ ވެސް ހަންގަނޑަށް ރައްކާތެރި އުފެއްދުމެއްކަން ގެރެންޓީކޮށްދެ އެވެ.
މިނީ މީ ނެޕީގެ ފާހަގަކުރެވޭ ސިފަތައް:
ސުޕީރިއާ ލީކޭޖު ޕްރޮޓެކްޝަން: ޑިޒައިން ކޮށްފައިވަނީ އެންމެ ފުރިހަމައަށް އެބްޒޯބް ކުރާނެހެން. މި ނެޕީ ޑިޒައިންކޮށްފައި ވަނީ އެއްވެސް އުނދަގުލަކާ ނުލާ 12 ގަޑިއިރު ވަންދެން ޖަހައިގެން އުޅެވޭނެ ގޮތަށް
12 އަވާ ސްލީޕް ތުރޫ: ނެޕީގައި ހިމެނޭ އަލްޓްރާ އެބްސޯބެންޓް ކޯ އަކީ 550 މލގެ ލިކުއިޑް ލީކު ނުވެ ހިފަހައްޓައިދޭ ޕީޗާއެއް. މިއާއެކު ދަރިފުޅަށް ވެސް އަދި މައިންބަފައިންނަށް ވެސް ނެޕީ ބަދަލު ކުރަން ޖެހުމުގެ ބުރަ އަވަސް އަަވަހަށް އުފުލަން ނުޖެހި އަރާމު ނިދި ހޯދުމުގެ ފުރުސަތު އޮންނާނެ
ސްމާޓް ޗޭންޖު ސިގްނަލްސް: މިނީ މީ ނެޕީގައި ހިމެނޭ 'ޔެލޯ ޓު ބްލޫ-ގްރީން' އިންޑިކޭޓާ އިން ނެޕީ ބަދަލު ކުރަންވީކަން ފަސޭހައިން އެނގޭނެ
މިނީ މީގެ ނިއުބޯން ނެޕީ އަކީ ފޫޅު ނުވެއްޓޭ ކުއްޖާއަށް ވެސް އެންމެ ފަސޭހަވާނެ ގޮތަށް ނެޕީ ޖަހާފައި ބޭއްވޭނެ ފީޗާ ހިމެނޭ އުފެއްދުމެކެވެ. އަމްބިލިކަލް ކޯޑް ކަޓް އައުޓް ފީޗާ އާއެކު ކޯޑް ސްޓަމްޕް ފްރިކްޝަން އެހެން ނެޕީ ބްރޭންޑުތަކާ އަޅާ ބަލާއިރު %60 ދަށްވާނެ އެވެ.
މިނީ މީ އަކީ ޖީބަށް ލުއި، އެހެން ނަމަވެސް ދަރިފުޅަށް ރައްކާތެރި ހުރިހާ ސިފައެއް އެކުލެވޭ ކޮމެޓީ ނެޕީ އެކެވެ. އާ ޕެކޭޖިން އަކާއެކު މިނީ މީގެ ނެޕީ މިހާރު ބާޒާރުން ލިބެން ހުރި އިރު އެންމެ ހާއްސަ އަނެއް ކަމަކީ ކުޑަކުދިން ގަޔާވާނެ ފަދަ ޑިޒައިންތައް ނެޕީގައި ހިމަނާފައި ހުރުމެވެ. ކޮންމެ ޕެކެއްގައި ވެސް ރީތި، ކުޑަކުދިންނަށް ކަމުދާނެ ދެ ޑިޒައިނެއްގެ ނެޕީ ހިމެނޭނެ އެވެ.
އަލަށް އުފަންވާ ކުދިންގެ އެންމެ ނާޒުކު ދުވަސްތަކުން ފެށިގެން ނެޕީ ދޫކޮށްލާ އުމުރާ ހަމައަށް ވެސް މިނީ މީ އިން ކަށަވަރުކޮށްދެނީ ފަސޭހަކަމާއި ރައްކާތެރިކަމެވެ. ތިމާވެއްޓާ ވެސް ރައްޓެހި މި އުފެއްދުމަކީ ނެޕީ ގަންނަން ކުރާ ހޭދަ ވެސް ކުޑަކޮށްދޭނެ ކޮލެޓީ އުފެއްދުމެކެވެ.
މިނީ މީ ރާއްޖެ އެތެރެކޮށް މާކެޓު ކުރަނީ ކެއާ ޕްލަސް އިންނެވެ.
އިތުރު މައުލޫމާތު :7288686
އިންސްޓަގްރާމް: @careplusmv
މިނީ މީ: ކުޑަ ދަރިފުޅަށް ރައްކާތެރި، މައިންބަފައިންގެ އިތުބާރު އޮތް ނެޕީއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ