ފުލުހުންގެ ސައިކަލެއް ހިމެނޭހެން 3 ސައިކަލާއި ބަހެއް އެކްސިޑެންޓުވެ، ބަޔަކަށް ފަރުވާދެނީ

ސިނަމާލެ ބުރިޖު ހައިވޭގައި ފުލުހުންގެ ސައިކަލެއް ހިމެނޭހެން، ތިން ސައިކަލަކާއި ބަހެއް ޖެހި މިރޭ އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން ބުނީ މި އެކްސިޑެންޓުގައި ފުލުހުންގެ ސައިކަލެއް ހިމެނޭހެން ތިން ސައިކަލަކާއި ބަހެއް ހިމެނޭ ކަމަށެވެ. އަދި މި އެކްސިޑެންޓްގައި ބަޔަކަށް އަނިޔާވެގެން ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް، ފުލުހުން ބުންޏެވެ. ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި، ހައިވޭގައި އެކްސިޑެންޓު ހިނގި ސަރަހައްދުގައި ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެކްސިޑެންޓްވި ސައިކަލުން ވެއްޓުނު މީހުންގެ ހެލްމެޓާއި ސައިކަލުގެ ބައިތައް ހައިވޭ މައްޗަށް ދުރުދުރަށް ބުރައިގެން ގޮސްފައި ހުއްޓެވެ. ނަމަވެސް މި އެކްސިޑެންޓް ހިނގީ ކިހިނެއް ކަމެއް އަދި އަނިޔާވީ ކިތައް މީހުންނަށް ކަމެއް ސާފެއް ނޫނެވެ. ފުލުހުން ބުނީ އެކަމާ ގުޅޭ އިތުރު ތަފްސީލު ހިއްސާކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ