މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބައެއް އަތޮޅު ތަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން އއ. އަތޮޅަށެވެ. އެއީ މިއަދު ހެނދުނު 6:30 އިން 10:30 އަށެވެ.
މެޓްއޮފީހުން ބުނީ އެ ވަގުތުތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އޭޝިޔާ ސަރަހައްދުގައި އުފެދިފައިވާ ތޫފާނާ ގުޅިގެން އަންނަ އަންގާރަ ދުވަހާ ހަމައަށް ރާއްޖޭގެ މޫސުން ވެސް ގޯސްވާނެ ކަމަށް މެޓުން ލަފާކުރެއެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ