ތިން ދުވަސް ތެރޭ އަފްގާނިސްތާނަށް ދެ ބިން ހެލުން އައިއްސި އެވެ. ސެޕްޓެމްބަރު 2 ވަނަ ދުވަހު ރިކްޓާ މިންގަޑުން 5.2 ގެ ބާރުމިނުގައި އައި މި ބިިންހެލުމުގެ ސަބަބުން, އެ ގައުމަށް އޮގަސްޓް 31 ވަަނަ ދުވަހު އައި ބިންހެލުމުގައި ގެއްލުނު މީހުން ހޯދުމަށް ދަތިތަކާ ކުރިމަތި ވެފައިވާކަމަށް އެގައުމުގެ އޮފިޝަލުން ބުނެ އެވެ.
އޮގަސްޓް 31 ވަނަ ދުވަހު އަފްގާނިސްތާނަށް ރިކްޓާ މިންގަނޑުން ހައެއްގެ ބާރުމިނުގައި އައި ބިންހެލުމުގައި ޕާކިސްތާނުގެ ބޯޑަރާ ކައިރީގައިވާ ކުނާރު އަދި ނަންގަރްހާރުން އަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. މި ބިންހެލުމުގައި އެ ސަރަހައްދުގެ ގެތައް ވަނީ ބިމާ ހަމަވެފަ އެވެ.
އެގައުމުގެ އޮފިޝަލުން ކަށަވަރުކޮށްދީފައިވާ ގޮތުގައި މި ބިންހެލުމުގައި މިހާތަނަށް 1400 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި 3000 އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައިވެ އެވެ. މި ހާދިސާގައި 5000 އަށްވުރެ ގިނަ ގެތަކަށް ގެއްލުން ލިިބިފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެ އެވެ.
ތާލިބާން ސަރުކާރުން މިހާރު ވަނީ މި ހާދިސާގައި އެހެން ގައުމުތަކުގެ އެހީއަށް އެދިފަ އެވެ. ގެއްލުން ލިބުނު ސަރަޙައްދުތަކުގެ ހޮސްޕިޓަލްތައް ވަނީ ބަލިމީހުންނާއި އަނިޔާވެފައިވާ މީހުންނާއެކު ފުރިފަ އެވެ. އަދި ކާނާ، ފެން، ބޭސް ފަދަ ތަކެތި ހޯދުމަށް ވަނީ ދަތިވެފަ އެވެ. މިހާރު އިންޑިއާ، އިނގިރޭސިވިލާތް، ޔޫރަޕިއަން ޔޫނިއަން، ޗައިނާ، ޕާކިސްތާން ފަދަ ގައުމުތަކުން ވަނީ އަފްގާނިސްތާނަށް އެހީތެރިކަން ފޮނުވަން ފަށާފަ އެވެ.
މި ބިން ހެލުމަކީ ފަހުގެ ތާރީހުގައި އެގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. މި ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާކަމަށް އެގައުމުގެ އޮފިޝަލުން ބުނެ އެވެ.
އަނެއްކާވެސް އަފްގާނިސްތާނަށް ބިންހެލުމެއް, މަރުވި މީހުންގެ އަދަދު 1400 އަށްވުރެ ގިނަ އަނެއްކާވެސް އަފްގާނިސްތާނަށް ބިންހެލުމެއް, މަރުވި މީހުންގެ އަދަދު 1400 އަށްވުރެ ގިނަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ