ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ރާއްޖެއިން ބޭރަށް ކުރެެއްވި ދަތުރުފުޅެއްގެ ތަފްސީލުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި މައްސަލަ ސުޕްރީމް ކޯޓުން ބަލަން ނިންމައިފިއެވެ.
ކޮމިޝަނަރު އަންގާފައިވަނީ ރައީސް ސޯލިހް 2021 ވަނަ އަހަރު އދ. ގައި ތަޤްރީރު ކުރައްވަން އެމެރިކާއަށް ކުރެއްވި ދަތުރުފުޅެއްގެ ހަރަދުތަކުގެ ތަފްސީލް ހޯދުމަށެވެ. އެ ދަތުރުފުޅުގެ ތަފްސީލު ހާމަކުރުމަށް އެންގި އެންގުމަށް ހައިކޯޓުން ތާއީދުކުރުމުން، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ދައުލަތުންނެވެ.
އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުން -- ފޮޓޯ: ރައީސް އޮފީސް
ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތުމުން ދައުލަތުން ވަނީ އެ މައްސަލަ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފުކޮށްފައެވެ. ފަނޑިޔާރުން މަޖިލީހުން މިދިޔަ ހަފުތާގައި ނިންމީ ދައުލަތުން އެ މައްސަލަ ހުށަހަޅާފައިވަނީ ގާނޫނީ ގޮތުން ބަހުސް ކުރެވޭ ނުކުތާތަކެއްގެ މައްޗަށް ކަމަށްވާތީ އެ މައްސަލަ ބަލައިގަތުމަށެވެ.
މި މަޢުލޫމާތުތައް ހާމަކުރުމަށް ދައުލަތުން ދެކޮޅު ހަދާފައިވަނީ ރައީސްގެ ދަތުރުފުޅުގެ ހަރަދުގެ ބަޔާންތައް ހާމަކޮށްފިނަމަ ރައީސްގެ ސެކިއުރިޓީއަށް ބުރޫ އެރުމުގެ ފުރުސަތު އޮންނާނެކަމަށް ބުނެއެވެ. އަދި އޭގެ އިތުރުން ޒާތީ މައުލޫމާތުތަކެއްވެސް ހާމަވެދާނެކަމަށް ބުނެއެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާ ހައިކޯޓުގެ ނިންމުމުގައިވަނީ އެ މައުލޫމާތު އުނިކުރުމަށްފަހު ވެސް ދަތުރުގެ ތަފްސީލުތައް ހާމަކުރަން ޖެހޭނެކަމަށެވެ.
ރައީސްގެ ދަތުރުފުޅެއްގެ ތަފްސީލު ހާމަކުރަން އެންގި މައްސަލަ ސުޕްރީމް ކޯޓުން ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ