ކުރީގެ މެމްބަރު ސިނާން އެމްޑީޕީއަށް ސޮއިކޮށްފި

މައްޗަންގޮޅީ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ސިނާން، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް މިއަދު ސޮއިކުރައްވައިފި އެވެ.
ސިނާން، އެމްޑީޕީއަށް ސޮއިކުރި ފޯމް ހަވާލުކުރެއްވީ އެ ޕާޓީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމްގެ އަރިހުގައި ސިޔާސީ މަސައްކަތްތަކުގައި އެންމެ އިސްކޮށް އުޅުއްވި ސިނާނަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޕީޕީއެމުން ސޮއިކުރެއްވި 10 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
އެ މައްސަލާގައި ސިނާން ޕީޕީއެމުން އިސްތިއުފާ ދެއްވީ 10 ޖުލައި 2017ގަ އެވެ.
ސިނާން މިއަދު އެމްޑީޕީއަށް ސޮއިކުރެއްވި އިރު، މައްޗަންގޮޅި ދެކުނު ދާއިރާގެ މިހާރުގެ މަޖިލިސް މެންބަރު އަހުމަދު ހައިތަމް މިއަދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ. އޭނާ އެމްޑީޕީން ވަކިވީ އެމްޑީޕީގެ އުސޫލުތައް ގަބޫލު ނުކުރެވޭ ކަމަށް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ